ބިގް ބޮސްގެ ސީޒަން 9 ގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް ކަމަކީ ޝޯގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އެކްޓަރ ޕްރިންސް ނަރުލާ އާއި މަޝްހޫރު ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތޭހީގެ ޚާއްސަ ރަހުމަތްތެރިކަމެވެ. އެ ދެ މީހުން އެ ޝޯގައި އަބަދުވެސް ފެނުނީ އެކުގައި ކަމަށް ވާއިރު، ދެ މީހުންގެ ގުޅުން ގާތްކަމުން އެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވަނީތޯ ބެލުންތެރިން ސުވާލު އުފައްދާ ހިސާބަށް ކަންކަން ދިޔައެވެ.

މީގެ ސަބަބުން ޕްރިންސް އާއި ނޯރާ ލީބީގެ ގޮތުން ގުޅުނުތޯ ނޫންތޯ މިއީ އަދިވެސް ފޭނުން ކުރާ ސުވާލެކެވެ. ފަހަރުގައި މިއީ މާ ގިނައިން މީޑިއާގައިވެސް ދެކެވިފައި ނުވާ ވާހަކައަކަށް ވެދާނެއެވެ. ޕްރިންސް ވަނީ އޭރު ނޯރާ އާއި ރައްޓެހިވެގެން އުޅޭ ކަމަށް އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

" އަހަރެން މިއުޅެނީ ނޯރާއާ ގުޅިގެން. އަހަރުމެން މި މަސައްކަތް ކުރަނީ އެކަކު އަނެކަކު ބޮޑަށް އެނގޭތޯ. އޭނާ ވެސް ޝޯ އަށް އައިސް އަހަންނަށް ވަރަށް ހިތްވަރު ދިން. އަހަރެން ހުރީ އަނެއްހެން ވަރަށް ބާކީވެފައި އެހެން ނޫން ނަމަ،" އޭނާ ބުންޏެވެ.

ނަމަވެސް ނޯރާ ބުނަނީ އޭނާ އެއްވެސް އިރަކު ޕްރިންސް އާއި ލޯބީގެ ގޮތުން ގުޅިގެން ނޫޅޭ ކަމަށެވެ.

" ލޯބީގެ ގުޅުމެއް ކީއްކުރަން، އެކަހަލަ ގޮތެއްގައި ވާހަކަވެސް ނުދެކެވޭ. ބިގްބޮސްގައި ވެސް އެތައް ފަހަރު ބުނިން އަހަރުން މިއީ ލޯބީގެ ޖޯޑެއް ނޫނޭ. އަދި ޝޯ ނިމުނީމަ ބަލާނީއޭ ވާގޮތެއް. ބިގްބޮސް އަށް ފަހު އަހަރުމެން އެ ވާހަކައެއް ނުދައްކަން. އެއްކޮށް ވަގުތު ހޭދަކޮށެއް ވެސް ނޫޅެން." ނޯރާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުން

    ދެން އަހަރުންނައް ކޮންކަމެއް.