ކުޑަކުދިންގެ ކަންފަތް ތޮރުފާއިރު ވެސް އަމިއްލަ އަށް ގޭގައި ތަޖުރިބާކާރެއްގެ އެހީއާ ނުލާ ތޮރުފުމަކީ ކޮށް އުޅޭ ކަމެކެވެ. އައިސް އެޅުމަށް ފަހު ތިނޯހެއް ކަހަލަ އެއްޗަކުން ވަރަށް ތުއްތު ކުދިންގެ ކަންފަތްވެސް ތޮރުފާ އުޅެއެވެ. ނަމަވެސް މިއީ ކުރަން ހެޔޮވާ ވަރުކަމެއް ނޫނެވެ.

ޕިއަސިން އާޓިސްޓެއް ކަމަށްވާ ޑައާނާ ބޮރޯމޭން ޖްވެލަރީ ބޮކްސްގައި ބުނެފައި ވަނީ ދެރަ ހާދިސާއެއް ނުހިނގި ނަމަވެސް އެއީ ރައްކާތެރި ކަމެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އެކަށީގެންވާ ރައްކާތެރިކަން ނެތި ތަންތަން ތޮރުފުމަކީ ހަންގަނޑު ވިހަވުން ފަދަ ނުރައްކާތެރި އެތައް ކަމަކަށް ހުޅުވޭ ދޮރެއް ކަމަށް ވެސް އޭނާ ބުނެއެވެ.

އަދި ސަމާލު ނުވެއްޖެ ނަމަ އިއާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެއެވެ. އެގޮތުން ތޮރުފާ ތަނުގައި ގަހަނާއެއް ނޭޅުވުމާއި، އިންފެކްޓްވުން، ހުތުރުކޮށް ތޮރުފިތަން ހުރުމާއި، ޒަހަމްވެ، ލަމްޕްސްލުން ހިމެނެއެވެ.

އަދި ތަނެއް ތޮރުފާއިރު ރަނގަޅު ސައިޒްގެ ތިނޯހެއް ބޭނުންކުރުމަކީވެސް ވަރަށް މުހިންމުކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަބާ އަބްދުﷲ ރަޝީދު / ގދ.ގައްދޫ، އިންޓެލިޖެންސް މަންޛެ

    ރޮންބަސް އަަށް ދާންވީ

  2. 😨

    ދެން ކޮބާ ސޭފް ގޮތް

  3. އ . ޖ . އ

    މީނަ ހާދަ ނޯޓީ ވެއްޖޭ...
    ތޮރުފާލަ ދޭންވީދޯ