އިނގިރޭސި ވިލާތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަރާލާފައި އޮއްވައި ފެނުނު ނަޓާލީ ހޯކާގެ މަރަކީ ގިނަ ބަޔަަކަށް ގަބޫލު ކުރަން ދަތިވި މަރެކެވެ. ނަޓާލީގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާގެ ކުރީގެ ލޯބިވެރިޔާ އެންޑްރިއު ޕަސަންގެ ޓެންޓެއްގެ ތެރެއިންނެވެ.

އުމުރުން 30 އަަހަރުގެ ނަޓާލީގެ ހަށިގަނޑު ފެނުނު އިރު އޭނާ އޮތީ ބަރަހަނާ ހާލުގައެވެ. އަދި އޭނާގެ ހަށިގަނޑުގައި ޒަހަމްތައް ފެންނަން ހުއްޓެވެ.

އެ މައްސަލަ ތަހުގީގު ކުރުމުން އެނގުނީ އެންޑްރިއު ނަޓާލީ މަރާލުމަށް ފަހު އޭނާގެ ރަހުމަތްތެރިއަކަށް މެސެޖްކުރިކަމެވެ. އަދި އޭނާ ނަޓާލީ މަރާލީ ބޭވަފާތެރިވިކަމުގެ ތުހުމަތުގައި ކަމަށް ވެސް މިހާތަނަށް ކުރި ތަހުގީގުން އެނގެއެވެ.

ނަޓާލީ ގެއްލުނީ އޭނާ މަސައްކަތަށް ދިޔަ މަގުމަތީގައި ކަމަށް ވާއިރު، އޭރު އޭނާ އާއި އެންޑްރިއު އާއި ރުޅިވިތާ މާގިނަ ދުވަހެއް ނުވެއެވެ.

އުމުރުން 45 އަހަރުގެ އެންޑްރިއު ނަތާލީ މަރާލީ އޭނާ ގަންބައިގެން ކަމަށް ތުުހުމަތުުކުރެވެއެވެ. އޮކްޓޯބަރު 9 ވަނަ ދުވަހު ނަޓާލީ މަސައްކަތަށް ދަނިކޮށް، އޭނާ ދުއްވާފައި ދިޔަ ބައިސްކަލުން ވައްޓާލައި ދަމާފައި ގެންގޮސް، ކޯރެއް ކަހަލަ ތަނަކަށް ގަދަކަމުން އޭނާގެ ބޯ ކޮށްޕުމަށް ފަހު ނަޓާލީ މަރާލި ކަމަށް ތަހުގީގު ރިޕޯޓުން އެނގެއެވެ.

ތަހުގީގުން އެނގޭ ގޮތުން ނަތާލީ އެންޑްރިއުއާ ރުޅިވުމުން އޭނާ ހީކުރީ ނަޓާލީ އޭނާއާ ރައްޓެހިވެގެން އުޅެމުން ބޭވަފާތެރިވި ކަަމަށެވެ.

އަދި އެންޑްރިއު އާއި ރުޅިވުމަށް ފަހު ނަޓާލީ އުފަލުގައި އުޅޭތަން ބަލަން އެންޑްރިއު ބޭނުން ނުވާކަން އޭނާ ދައްކާ ވާހަކައިން އެނގުނު ކަމަށް ތަހުގީގަށް މައުލޫމާތު ދެމުން އެދެ މީހުންގެ ގާތް މީހުން ވަނީ ބުނެފައެވެ.

އެނަމަވެސް މަރުމަތީގައި ވެސް ނަޓާލީ އެންޑްރިއު އަށް ބޭވަފާތެރި ނުވާ ވަހަކަ ބުނުމުން އޭނާ އަށް ކުރެވުނީ ކުށް ހީއެއްކަން އެނގުނު ކަމަށާއި ރަހުމަތްތެރިޔާ އަށް ނަޓާލީ މަރާލިކަމަށް ބުނެ މެސެޖްކުރީ އެހިސާބުން ކަމަށް އޭނާގެ އެކުވެރިން ބުނެއެވެ. އަދި ނަޓާލީ ބޭވަފާތެރި ނުވާކަން އެނގުމުން އޭނާ އަށް ވަރަށް އަސަރު ކުރިކަމަށް ވެސް ރަހުމަތްތެރިން ބުނެއެވެ.

ނަޓާލީގެ މަރާ ގުޅިގެން ކުރާ ތުހުމަތުތަކަށް އެންޑްރިއު އިންކާރު ކުރާ އިރު މައްސަލައިގެ ޝަރީއަތް މި މަހު ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު