ދުނިޔޭގެ މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ އެމިނަމްގެ "ވިތައުޓް މީ" ލަވައަށް އެއް މިލިއަން ވިއުސް ލިބިއްޖެއެވެ.

އެމިނަމްގެ ހަތަރުވަނަ އަލްބަމް ދަ އެމިނަމް ޝޯ (2002) ގެ ލަވައެއް ކަމަށްވާ ވިތައުޓް މީ ލަވައަށް އެއް ބިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު މިއީ އޭނާގެ ލަވައަކަށް މިވަރަށް ވިއުސް ލިބުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. މީގެ ކުރީން އޭނާ ކިޔާފައިވާ ލަވަތަކަށްވެސް އެއް ބިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ. އެ ލަވަތަކުގެ ތެރޭގައި "ނޮޓް އެފްރައިޑް" " ލަވް ދަ ވެއި ޔޫ ލައި" އަށްވެސް ވަނީ އެވަރަށް ވިއުސް ލިބިފައެވެ.

ސްލިމް ޝޭޑީ ނަމުންވެސް މަޝްހޫރު ވެފައިވާ ދުނިޔޭގެ އެންމެ މަގުބޫލު ރެޕާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެމިނަމްއަކީ މިއަދާ ހަމައަށް ކާމިޔާބު އެތައް ލަވައެއް ކިޔާފައިވާ ލަވަކިއުންތެރިއެކެވެ. އެމިނަމްގެ ވިތައުޓް މީ ލަވަ އެމެރިކާގެ ބިލް ބޯޑް ހޮޓް 100 ގެ ދެ ވަނަ އަށް އަރާފައިވާއިރު އެ ލަވައަކީ ދުނިޔޭގެ 15 ގައުމެއްގައި އެންމެ ގިނަ ބަޔަކު އަޑުއަހާ ލަވައަށް ވަނީ ވެފައެވެ.

ހޮލީވުޑްގެ ފިލްމު ސޫސައިޑް ސްކޮޑްގައި ވެސް މި ލަވަ ހިމެނިފައިވާ އިރު 2016 ވަނަ އަހަރު ސައުންޑް ޓްރެކް އަށްވެސް މި ލަވަ ވަނީ އަރައިފައެވެ. މި ލަވަ ވަނީ ގްރޭމީ އެވޯޑްސް އޮފް 2003 ގައި ރިކޯޑް އޮފް ދަ ޔާ އަށްވެސް ނޮމިނޭޓް ވެފައެވެ. އެއީ ނޯރާ ޖޯންސްގެ ލަވަ ޑޮން ނޯ ވައި ވައްޓާލުމަށްފަހުއެވެ.

މި ލަވަ އަކީ މިފަދަ ބޮޑު ދަރަޖައަކުން ގްރޭމީ އެވޯޑަށް ނޮމިނޭޓުވި އެމިނަމްގެ ފުރަތަމަ ލަވައެވެ. މި ލަވަ ވަނީ ބެސްޓް މޭލް ރެޕް ސޯލޯ ޕަފޯމަންސް އަށްވެސް ނޮމިނޭޓް ވެފައެވެ. ނަމަވެސް އެ އެވޯޑް ވަނީ ރެޕާ ނެލީގެ ހޮޓް އިން ހެރާ ލަވައަށް ލިބުމުގެ ސަބަބުން ގެއްލިގެން ގޮސްފައެވެ.

2009 ވަނަ އަހަރު މި ލަވައަށް ވަނީ ޕިޗްފޯކް މީޑިއާގެ އިން ހޮވާ 2000 ގެ އަހަރުގެ ތެރޭގެ ލަވަތަކުގެ ތެރެއިން 251 ލަވައަށް ހޮވިފައެވެ. އަދި މި ލަވަ ހިމެނެނީ އިނގިރޭސިވިލާތުގައި 2000 ހުގެ އަހަރުތަކުގައި ވިކުނު ލަވަތަކުގެ 69 ވަނަ ވެސް ލިބިފައެވެ. ރެޕާއެއްގެ އިތުރުން އެމިނަމް އަކީ ލަވަ ލިޔެ ރިކޯޑު ޕްރޮޑިއުސާއެކެވެ. އަސްލު ނަމުން ނަމަ މާޝަލް ބްރޫސް މެތާސް ތިނެއް މަޝްހޫރު ވެފައި ވަނީ އެމިނަމްގެ ނަމުންނެވެ. އުމުރުން 48 އަހަރުގެ އެމިނަމް ގެ މިލްކިއްޔާތުގައި މިހާރު 230 މިލިއަން ޑޮލަރު އެބަ ހުއްޓެވެ. މިހާތަނަށް ދެ ކައިވެންޏެއް އެމިނަމް ކޮށްފައިވާއިރު އޭނާގެ 3 ކުދިން އެބަ ތިއްބެވެ.