ބޭރު ފުށުގެ ރީތިކަމުގެ ވާހަކައަކީ އާންމުކޮށް އެހާ ދައްކާ ވާހަކައެއް ނޫނެވެ. ޒަމާނަށް އައި ބަދަލާއެކު ބޭރު ފުށުގެ ރީތި ކަމަށް ވުރެ ބޮޑަށް އެތެރެ ފުށުގެ ރީތި ކަމާއި އަޚުލާގަށް އިސްކަން ދިނުމުގެ ސަގާފަތެއް ވަނީ އަށަގެންފައެވެ.

ނަމަވެސް ސައިކް ސެންޓްރަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ލިޔުމެއްގައި ވަނީ ބޭރު ފުށުގެ ރީތިކަން ކޮންމެވެސް ވަރަކަށް ނަމަވެސް މުހިންމުވާ ހާލަތްތައް އަންނަ ކަމަށެވެ. މިއީ މިހާރު ބޯދާ ވާހަކަ އެއް ކަމަށް ހީވިޔަސް އެ ލިޔުމުގައި ވަނީ ބޭރު ފުށުގެ ރިތިކަމާއި ހަތަރު ކަމަކާ ގުޅުވައިފައެވެ.

1) އެހެން މީހުންނަށް ކަމުދިއުން:

ބޭރުފުށުގެ ރީތި ކަމަށް ލޯބި ނުކުރާ ކަމަށް މީހުން ބުނި ނަމަވެސް ދިރާސާތަކުން ހާމަވާ ގޮތުން އެ މީހަކަށް ރީތި ނޫން މީހަކާއި އެކު ދިރިއުޅުން ވޭތު ކުރަން ބޭނުންވާ މީހުން އަދިވެސް މަދެވެ. އެންމެ ބޮޑު އިސްކަމެއް ދެނީ މިޒާޖު ގުޅުމާއި، އެކަކު އަނެކަކަށް އޮންނަ އިޚުތިރާމް ފަަދަ ކަންކަމަށް ވީނަމަވެސް ކޮންމެވެސް ވަރަކަށް ބަލާލަން ރީތި މީހަކަށް ބައިވެރިޔާ ވާން އެންމެން ވެސް ބޭނުންވެއެވެ.

ބޭރުފުށުގެ ރީތިކަމުގެ މާނައަކީ ހަމައެކަނި ސިފައެއް ނޫނެވެ. ރީތިވެގެން ހުރުމަކީވެސް އެހާމެ މުހިންމު ކަމެކެވެ.

2) ބޭރު ފުށުގެ ރީތިކަމާއި އަމިއްލަ ނަފްސާއި މެދު ދެކޭ ގޮތާ އޮންނަނީ ގުޅިފައި:

ބޭރު ފުށުން ފެންނަ ގޮތަކުން މީހާގެ ހުރިހާ ކަމެއް ނޭނގޭނެއެވެ. ނަމަވެސް ސައިކޮލޮޖީ ބުނާ ގޮތުން ބޭރު ފުށުން ފެންނަ ގޮތަކީ އެއީ މީހާއާ މެދު ވަރަށް ގިނަ ކަންކަން ބުނެދޭ ކަމެކެވެ. ތިމާ އެހެން މީހުން ކުރިމަތީގައި އަމިއްލަ ނަފްސު ހުށަހަޅާ ގޮތާއި އަމިއްލަ ނަފްސު ބިނާ ކުރާ ގޮތް މީހަކަށް ބަލާލުމުން އަންދާޒާ ކުރެވެއެވެ.

3) ސިއްހަތު:

މީހާ އަށް ބަލާލުމުން ގިނަ ފަހަރު މީހާގެ ދިރިއުޅުމުގެ ވައްޓަފާޅި ދެނެގަނެވެއެވެ. އެ މީހާ އަކީ ގިނަ ގިނައިން ކަސްރަތު ކުރާ މީހެއްތޯ ނޫންތޯ ކެއުމަށް ބަލައިގެން އުޅޭ މީހެއްތޯ އަންދާޒާ ކުރެވެއެވެ. ޚާއްސަކޮށް ފިޓްކޮށް ހުންނަ މީހެއް ނަމަ އެ މީހާ އަކީ ބޭރުފުށުން އޭނާ ހުންނަ ގޮތަށް ވިސްނާ މީހެއްކަން އެނގެއެވެ. އެކަމަކު އެއީ ހުރިހާ ފަހަރަކު ނޫނެވެ. ބައެއް ފަހަރު ބޭރުފުށުން ފެންނަ ގޮތާއި ދިމާ ޚިލާފަށް ވެސް ސިއްހަތު ހުރެދާނެއެވެ. ކޮންމެއަކަސް ޖިސްމާނީ ދުޅަހެޔޮކަމަކީ ބޭރުފުސުން ކޮންމެވެސް ވަރަކަށް ފެންނަން ހުންނަ ކަމެކެވެ.

4) އަމިއްލަ ނަފްސަށް ކުރާ އިތުބާރު:

ތިމާއަކީ ކިތަންމެ ބޮޑަށް އަމިއްލަ ހަށިގަނޑާއި މެދު ފައްސި މީހަކަށްވީ ނަމަވެސް އެހެން މީހުން އެހެން ނުވިސްނާކަން އެނގޭ ހިސާބުން ތިމާ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް ބަދަލު އަންނާނެއެވެ. ބޭރުފުށުގެ ރީތިކަމަށް ލޯބި ކުރާ މީހުންގެ ފަރާތުން މަލާމާތާއި ފުރައްސާރަ އާއި ތަފާތު ކުރުން ލިބޭ ފަހަރު ވެސް އެފަދަ މީހުންނަށް ދިމާވާނެއެވެ. އެހެނީ ގިނަ މީހުން ަބޫލު ކުރަނީ ބޭރުފުށުން މީހާގެ ސިއްހަތާއި، އަމިއްލަ ނަފްސަސް ކުރާ އިތުބާރާއި އަމިއްލަ ނަފްސު ބަލަހައްޓާ މިންވަރު ހާމަވާން ހުންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    މި ރާއްޖޭގައި ބަލަނީ ދެކަމަކަށް! އެއީ ބޭރުފުށާއި މުއްސަދިކަމަށް! އެހެން ތަންތަނުގައި ބަލާގޮތެއް ނޭގެ!

    14
  2. ސަކީ

    "ޒަމާނަށް އައި ބަދަލާއެކު ބޭރު ފުށުގެ ރީތި ކަމަށް ވުރެ ބޮޑަށް އެތެރެ ފުށުގެ ރީތި ކަމާއި އަޚުލާގަށް އިސްކަން ދިނުމުގެ ސަގާފަތެއް ވަނީ އަށަގެންފައެވެ." މިއީ ކޮންޒަމާނެއްގެ ވާހަކައެއްބާ؟ އަހަރެން މިއުޅޭ ޒަމާނުގައި ބަލަނީ ބޭރު ފުށުގެ ރީތިކަމަށް.

    17
  3. ނަން ދޯ

    ފައިސާ ހު ރިއްޔާ މަށަށް ވީ .