80 އަހަރު ވަންދެން މީދަލެއް(ޖެރީ) އަތު ނުވެގެން ބުޅަލެއް(ޓޮމް) އުޅޭތަން ދައްކުވައިދޭ ގޮތަށް ހަދާފައިވާ މަޝްހޫރު ޓޮމް އެންޑް ޖެރީ ކާޓޫނުގެ ފިލްމެއް އަންނަ އަހަރު ތެރޭގައި ނެރުމަށް ނިންމައިފިއެވެ.

މަޖާކަންތައްތަކެއް ފެނިގެންދާގޮތަށް ހަދާދައިވާ މި ކާޓޫނުގެ ފިލްމެއް ގެނެސްދޭ ފުރަތަމަ ފަހަރަށް މި ފަހަރުވެގެންދާއިރު ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް މި ޚަބަރު ވެގެންދާނޭ ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

މިހާތަނަށް ޓޮމް އެންޑް ޖެރީގެ އެތަކެއް ކާޓޫނެއް ގެނެސްދީފައިވާއިރު ހުރިހާ ކާޓޫނުތަކަކީވެސް ވަރަށް ބަލާހިތްވާގޮތަށް ހަދާފައިވާ ކާޓޫނު ތަކެކެވެ. ކޮންމެ ކާޓޫނެއްގައިވެސް މަޖާ އެތައް ކަމެއް ހިނގާއިރު ކާޓޫނު ތަކުގައި ބައެއް ފަހަރު ޓޮމް އަށް ޖެރީ އަތުލެވި މާގިނަ އިރު ނުވަނީސް ޖެރީ ޓޮމްއަށް ފިލައެވެ. އަދި ޖެރީ އަތުލުމަށް ޓޮމް އެތައް ދަންތުރައެއް ޖަހައެވެ. ނަމަވެސް ޓޮމް ޖަހާ ދަންތުރައިގައި ޖެރީ ޖެހުމުގެ ބަދަލުގައި ގިނަ ފަހަރަށް ޖެހެނީ ހަމަ ޓޮމް އެވެ. އަދި ޓޮމް އާއި ޖެރީގެ އިތުރުން އިތުރު ކެރެކްޓަރުންވެސް ކާޓޫނުގައި ފެނިގެން ދެއެވެ.

މިިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ފިލްމު ތިއޭޓަރުގައި އެޅުވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މާރިޗް ހިސާބުގައެވެ. ނަމަވެސް ކޮވިޑްގެ ކަންތައްތައް ގޯސްވެ ގިނަ މީހުން އެއްވެ އުޅެވޭ ގޮތް ނުވަންޔާ ފިލްމު ތިއޭޓަރުގައި އެޅުވުމަށް ހުރަސް އެޅިގެންދާނެ އެވެ. ފިލްމުގެ ޓްރެއިލާ މިހާރު ނެރެފައިވާ މި ފިލްމުގައި ހޮލީވުޑްގެ ތަރި ކްލޯއީ ގްރޭސް މޮރެޓްސް ވެސް ފެނިގެންދެ އެވެ.

މިހާރުވެސް ގިނަ ބައެއްގެ ތަރުހީބު ޓޮމް އެންޑް ޖެރީ ފިލްމުގެ ޓްރެއިލާ އަށްވެސް ލިބިފައިވެއެވެ. އެހެންކަމުން މި ފިލްމަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ފިލްމުގައި ޓޮމް އާއި ޖެރީ ކާޓޫން ގޮތައް ފެނިގެންދާއިރު ދެން ހުރިހާ ބައެއްވެސް ފެނިގެންދާނީ އަސްލުކޮށެވެ. އަދި ޓްރެއިލާ ބަލާފައިވެސް ފިލްމު ރީތި ވާނޭ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

ކޮވިޑް-19ގެ ސަބަބުން ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ގިނަ ފިލްމުތަކެއް މިއަހަރުގައި ވަނީ ފަސްކުރަން ޖެހިފަ އެވެ. އޭގެ ތެރޭގައި ޖެމްސް ބޮންޑުގެ ފިލްމު 'ނޯ ޓައިމް ޓު ޑައި' އާއި މާވެލްގެ ފިލްމު 'އެޓާނަލްސް' ހިމެނެ އެވެ. ކޮވިޑް-19އާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ސިނަމާތަކުގައި ފިލްމުތައް ރިލީޒް ކުރުމުގެ ބަދަލުގައި އޮންލައިން ސްޓްރީމްކޮށްގެންވެސް ފިލްމުތައް ރިލީޒް ކުރަމުންނެވެ. ޑިޒްނީގެ އުފެއްދުމެއް ކަމަށްވާ 'މުލާން' އަކީވެސް މިފަދަ ގޮތަކަށް ރިލީޒް ކޮށްފައިވާ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޓޮމް

    ޔޭޔޭޔޭ!!! އުފާވެއްޖެ

    20
    2
    • ޖެރީ

      މަޑުންހުރޭ

      5
      11
      • quacker

        އޭ ޖެރީ، ޓޮމް އާ ނުބެހެއްޗޭ

        5
        1
  2. Chungus

    ok

  3. Anonymous

    ދެން؟

    5
    1
  4. ސްޕައިކް

    ހިޕް ހިޕް ހުރެއި