މިހާރު ބޮލީވުޑުގައި އެންމެ ގަދައަށް ވިދަމުން އަންނަ އެއް ތަރި ކަމަށްވާ ތާޕްސީ ޕަންނޫ، ފިލުމު އިންޑަސްޓްރީގެ ފުރަތަމަ ދުވަސްކޮޅު ކުރިމަތިވި ގޮންޖެހުންތައް ހިއްސާކޮށްފިއެވެ.

މަންމަ ރުޒިޔާން، ޕިންކު ފަދަ ފިލުމުތަކުގައި މަސައްކަތް ކޮށްފައިވާ ތާޕްސީ ބުނެފައިވަނީ އިންޑަސްޓްރީގައި ފުރަތަމަ ދުވަސްވަރު އޭނާއަކީ ''ބަދު ނަސީބެއް" ކަމަށް ބައެއް ޕްރޮޑިއުސަރުން ބުނެ ބައެއް ފިލުމުތަކުން ވަކި ކޮށްފައިވާ ކަމަށެވެ.

ފިލްމު ފެއައަށް ދިން އިންޓަވިއުއެއްގައި ތާޕްސީއަށް ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަތައް ހިއްސާކުރަމުން ބުނެފައިވަނީ ވަރަށް ހިތްދަތިވާ ކަންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

ތާޕްސީއަކީ ރީތި މީހެއް ނޫން ކަމަށް ބުނެ ބައެއް އެކްޓަރުންގެ އަނބިން ގަބޫލު ނުވުމުގެ ސަބަބުން ފިލުމުން ވަކިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ފިލުމެއްގެ ޑަބިން ކުރިއަށް ދަނިކޮށް އެކްޓަރަށް ކަމުނުދާތީ އޭނާއަށް ނޭނގި އެހެން މީހެއްލައްވާ ޑައިލޮގުތައް ޑަބް ކޮށްފައިވާ ކަމަށް ބުންޏެވެ.

ހިތި ތަޖުރިބާތައް ހިއްސާ ކުރަމުން ތާޕްސީ އިތުރަށް ބުނެފައިވަނީ ބައެއް އެކްޓަރުންގެ ފިލުމުތަކަށް ރަނގަޅު ފައިދާއެއް ލިބިފައި ނެތުމުން ފިލުމުގެ ބަޖެޓް ކޮންޓްރޯލް ކުރުމަށް އޭނާއަށް ދޭން ބުނެފައިވާ އަގު ދަށް ކޮށްފައިވާ ކަމަށާއި ބައެއް އެކްޓަރުން ބުނެގެން ފިލުމުތަކުގައި އޭނާގެ ފުރަތަމަ ފެނިލުމުގެ ސީންއަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މި ކަންތައްތަކަކީ ތާޕްސީއަށް އެނގިގެން ކުރިމަތިވެފައިވާ ކަންތައްތަކެއް ކަމަށާއި އޭނާއަށް ނޭނގި އޭނާގެ ފަސްފަހަތުގައި ކޮށްފައިވާ ކަންތައްތައް ވެސް ހުންނާނެކަމަށް ތާޕްސީ ފާހަގަ ކޮށްފައިވެއެވެ.

މިހާރު ފިލުމެއް އިހްތިޔާރު ކުރާއިރު ތާޕްސީ ބަލަނީ އެ ފިލުމެއްގައި މަސައްކަތް ކުރުމަށް އޭނާ ހިތްހަމަ ޖެހޭ އުފާވާ ފިލުމުތައް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ . ޖ . އ

    މީ ވަރަށް މޮޅު ހިއްވަރުގަދަ ކުއްޖެއް.. މާޝާﷲ

    8
    2