އިންޑިއާގައި އުމުރުން 30 އަހަރުގެ އަންހެނަކު ކައިވެނި ކުރަން ދެކޮޅު ހެދުމުން އޭނާގެ ނޭފަތާއި ދޫ ބެރުކޮށްލައިފިއެވެ.

ޖައިސަލްމާ ސިޓީގައި މި ހާދިސާ ހިނގާފައި ވަނީ، ހުވަފަތްވެފައިވާ އެ އަންހެން މީހާ، އޭނާގެ ކުރީގެ ފިރިމީހާގެ އާއިލާ މީހުންގެ އެދުމުގެ މަތިން އެހެން މީހަކާއި ކައިވެނި ނުކުރުމުންނެވެ. އެ މީހުން ބޭނުންވި ގޮތަށް ކައިވެނި ކުރަން ދެކޮޅު ހެދުމުން، މިކަން ހިނގާފައި ވަނީ މިދިޔަ ހަފްތާ އަންގާރަ ދުވަހު އެވެ.

ފުލުހުން މިދިޔަ ބުދަ ދުވަހު ބުނީ، އެ އަންހެން މީހާއަށް ޖޮދްޕޫރްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މިމައްސަލާގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރު ބައެއްގެ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާގެ ކުރީގެ ފިރިމީހާގެ އާއިލާއިން ބޭނުންވަނީ، އެ ފިރިހެން މީހާގެ އާއިލާ މީހަކާއި މި އަންހެން މީހާ ކައިވެނި ކުރުވަން ކަމަށެވެ. އެހެން ނަމަވެސް މި އަންހެން މީހާ އެގޮތް ބޭނުން ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާއި އެ އަންހެން މީހާގެ ނޭފަތާއި ދޫ ބުރިކޮށްލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އިންޑިއާއަކީ އަންހެނުންނަށް އަނިޔާ ކުރުމުގައި ހައްދުފަހަނާ އަޅާފައިވާ ގައުމެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަމުންދާ ގައުމެކެވެ. އެ ގައުމަކީ އަންހެނުންނަށް ރައްކާތެރި ގައުމެއް ނޫން ކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރީ

    ރާއްގޭގައި ކުށްކުރުން މަދުކުރުމުގެ ޒިންމާ ނޫސްވެރިން ނަގަން އެބަޖެހެ.ބޭރު ގައުމުތަޖެގައި ހިންގާހާ ކުށްތައް ރިޕޯޓް ކުރާކަމުގައި ވަޏީިނަމަ ތިޔަ ކުރެވޭހާ ކަމަކީި މިފަދަ ކުއްތަކަށް ރާއްޖޭގައިވެސް އަރައިިގަތުންމަށް ހިއްވަރުދިނުން ޢަދި މިފަދަ ކުއްތަކުގެ ފޮޓޯތައް ހިމެނުމަކީ ކިޔުތެރިންގެ ނަފްސަށް ދެވޭ އަނިޔާއެއް.

    14
  2. ކޮންމެސް މީހެއް

    މިހަބަރު ހުޅުވުމުގެކުރިން މަށަށް އިނގިއްޖެ މިއީ އިންޑިއާގަ ވީ ކަމެއް ކަން. އެއީ އާއްމު ކޮއް މިކަހަލަ ރަހުމު ކުޑަ ކަންކަން ކުރާނީ އިންޑިއާގަ ވިއްޔާ.

  3. އަރީން

    އަސްލުގައި މިކަހަލަ ރިޕޯޓް ގެނެސްދިނުމުން ކުށްކުރަން މަގުފަހިވާނެކަމަށް ޤަބޫލުކުރަން

  4. އަރީން

    މިކަހަލަ މައުލޫމާތު ގެނެސް ނުދިނުމަށް އެދެން

  5. މީހާ

    މިފޮޓޯއަކީ އަނިޔާވެރިކަމަށް މަގުފަހިވާ ފޮޓޯއެއް. ފޮޓޯ ބަދަލުކުރެއްވުން އެދެން.

  6. އަޅުގަނޑު

    އެމީހަކު ކުރި ކަމެއްގެ ނަތީޖާ އެމީހަކަށް ފެންނަކަމަށް ވާއިރު ހަބަރު ފަތުރާ އަޙުންނާއި އުޙުތުން ސަމާލްވާންވާނެ. ހަބަރެއް ހިއްސާކޮށްލުމަށް މަޖުބޫރުވިޔަސް ހަބަރު ކިޔާ އެކި އެކި ވިސްނުމުގެ މީހުންނަށް ނުރަނގަޅު އަސަރު ނުކުރާގޮތަށް ލިޔުން ބުއްދިވެރި ކަމަށް އަޅުގަނޑު ދެކެން. އެއީ ލިބޭ ގެއްލުމަށްވުރެން ފައިދާބޮޑުވާ ގޮތަށް އެއީކީ ނާޖާއިޒް ފައިދާއެއް ނޫން މިދެންނެވީ