ނޮވެމްބަރު 18 ވަނަ ދުވަހަކީ މުޅި މެލޭޝިއާ ސިއްސުވާލި ދުވަހެކެވެ. މެލޭޝިއާގެ ކުށުގެ ނިސްބަތް އިތުރުވެ ބޮޑެތި ކުށްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި އެ ދުވަހުގެ ހެނދުނު މުޅި ގައުމަށް ހައިރާންކަން ލިބުނީ ފިރިހެނަކު އޭނާގެ އަމިއްލަ ބައްޕަ މަރާލި ޚަބަރާއި އެކުގައެވެ.

އަމިއްލަ ބައްޕަ އަށް އެފަދަ ރަހުމު ކުޑަ ހަމަލާއެއް ދޭން މެދުވެރިވި ސަބަބު ކޮންމެ މީހަކުވެސް އޮޅުން ފިލުވަން ބޭނުންވިއެވެ. އޭނާ ބައްޕަ މަރާލި ސަބަބު އެނގުމުން ބައިނަލްއަގުވާމީ މީޑިއާއިން ވެސް އެ ޚަބަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.

މެލޭޝިއާގެ ޖެލެބޫ ސްޓޭޓްގެ އަވަށަކަށް ނިސްބަތްވާ އެ މީހާ ބައްޕަ (ޓޭން ޔިން ފަހް) މަރާލީ މާގިނައިން ފޯނާ ކުޅޭ ކަމަށް ބުނެ އެއްޗެހި ކިޔާވަރުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އުމުރުން 35 އަހަރުގެ އެ ފިރިހެން މީހާ ބައްޕަ އަށް ހަމަލާ ދިނީ މަސައްކަތެއް ނުކޮށް އަބަދު ފޯނާ ކުޅެން ހުރުމުން "ކުދި ކިޔާ"ކަމަށް ބުނެއެވެ.

ޖެލެބޫ ޑިސްޓްރިކްޓުގެ ޕޮލިސް ޗީފް އަސްޓްރޯ އަވާނީ މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި މަރާލާފައި ވަނީ އުމުުރުން 59 އަހަރުގެ މީހެކެވެ.

އެ މީހާ ބައްޕަ މަރާލީ ވަޅިން ހަމަލާ ދީގެން ކަމަށް ވާއިރު ބައްޕަ އަށް ހަމަލާ ދިނީ އަބަދު ފޯނާ ކުޅެންް ހުންނާތީ ބައްޕަ އެއްޗެކޭ ބުނުމުން ހިނގި ޒުވާބެއް ހޫނުވެ މާރާމާރީއަކަށް ބަދަލުވުމުންނެވެ.

މެލޭޝިއާ ފުލުހުން ބުނީ މަރާލުމުގެ ކުރިން ބައްޕަގެ ބުރަކަށްޓަށް ޕްލާސްޓިކް ގޮނޑިއެއް ކަހަަލަ އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އެ ފިރިހެން މީހާ އޭނާގެ ބައްޕަ މަރާލާފައި ވަނީ އެ ދެ މީހުންނާއި އެކު ދިރިއުޅުނު އުމުރުން ދުވަސްވީ މަންމަ ތިމާގެ މީހެއްގެ ގެއަށް ދިޔަ ވަގުތެއްގައި ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ބައްޕަ އަށް ހަމަލާދިން މީހާ ވަނީ ފުލުހުން އައުމުގެ ކުރިން އެ ސީނުން ފިލާފައެވެ. ނަމަވެސް 20 މިނިޓް ފަހުން ފުލުހުން ވަނީ އޭނާ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު