ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް މިހާރު އެންމެ ގިނަ އިން އަންނަނީ ވެސް ބޮލީވުޑްގެ ކުޅަދާނަ ތަރިންނެވެ. ބޮލީވުޑްގެ ތަރިންނަށް ރާއްޖެއަކީ ދެ ވަނައެއް ނެތް ފަދަ ތަނެކެވެ. ދުނިޔެ މަތީގެ ސުވަރުގެއެވެ. ރާއްޖޭގެ ސާފު މޫދާއި ހިތްގައިމު ގޮނޑުދޮށަކީ އެމީހުންނަށް މާ ކަމުދާ ތަންތަނެވެ. އެ ތަންތަނުގެ ފޮޓޯ އާއި ވީޑިއޯ ނަގާލުމަކީ އެމީހުން ދެކޭ ގޮތުގައި ވަރަށް ބޮޑު ޝަރަފަކާއި ފަހުރެކެވެ. ހުވަފެނެއް ހަގީގަތަކަށްވުމެވެ.

ރާއްޖޭގައި އިއުލާން ކުރި ފުރަބަންދަށް ލުއިތަކެއްދީ، ފަތުރުވެރިންނަށް ހުޅުވާލުމާ އެކީގައި އެތައް ތަރިންނެއް ރާއްޖެ އައިސްފައިވެއެވެ. ބޮލީވުޑްގެ ތަރިންގެ ތެރެއިން ޓައިގާ ޝްރޮފް އަދި ދިޝާ ޕާޓްނީ ފަދަ ތަރިން މިހާރު ވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

މި ލިސްޓަށް އިތުރުވި އެކަކަކީ، ރާކުލް ޕްރީތު ސިންގެވެ. އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާކުލް ޕްރީތު ރާއްޖެ އައިސް، ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލަމުންނެވެ.

އެއް ފޮޓޯގައި ފެންނަނީ ރީތި މޫދެއް އަރާ ގޮތަށް ރިސޯޓެއްގައި ފޮޓޯއަކަށް ހުއްޓިގެން ހުރި މަންޒަރެވެ. އެހެން ފޮޓޯއެއްގައި ފެންނަނީ ހެނދުނު ގަޑީގައި ޔޯގާގައި އުޅެނިކޮށެވެ. އަދި އެންމެ ފަހުން އާންމު ކުރި ފޮޓޯގައި ފެންނަނީ ސަފާރީއެއްގައި އިނދެ ނަގާފައިވާ ފޮޓޯއެކެވެ.

ބަތަލާ ރާކުލް ޕްރީތު ސިންގު ޗުއްޓީ ހޭދަ ކުރަމުން ދަނީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް އެންޑް ވިލާގައެވެ.

ރަކުލް އާ އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރަމުންދާއިރު އޭނާވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގެ އިތުރުން ފޭސްބުކްގައި ހިއްސާކޮށްފައެވެ.

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތް މިދިޔަ ޖޫން މަހު ދަންޖެހުމާއެކު ބޮލީވުޑްގައި ނުފެންނަ އަނދިރި ފަރާތް ދަނީ ހާމަވަމުންނެވެ. އެގޮތުން ބޮލީވުޑަށް ކުރިމަތިވެފައިވާ ޑްރަގުގެ ބަލިމަޑުކަމުގެ ތަފްސީލްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު މަޝްހޫރު އެތައް ތަރިންނެއް މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާކަން މިހާތަނަށް ފެންނަން ހުރި މައުލޫމާތުތަކުން އެނގެއެވެ.

އޭގެ ތެރޭގައި ރާކުލް ޕްރީތު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އ . ޖ . އ

    ޝުކުރިއްޔާ އިންޑިއާ

    5
    5
  2. ައަހުމަދު

    އެކަމަކު އިންޑިއާ އަށް އެއްޗެހި އެކިޔަނީ .

    2
    17
  3. ރާއްޖެ

    އާދޭ އާދޭ އެންމެން އާދޭ އުދުހިފަ އާދެ ޔޮޓުގާ، ދިވެހިންގެ ބިމަށް އުފަލުން އާދޭ.....

    19
    1
  4. އުފާ

    މި މީހުން މިހެން އުޅޭތަން ފެނިގެން މުސްލިމުން ވެސް އުފާކުރަން ބޭނުންވިޔަސް ދީނުގެ އިންތަކުން އުފާ ކުރުން ހަނދާނުގަ ބަހައްޓަންޖެހޭނެ. ލާރި އިސްރާފުނުކޮށް އަދި ތިމާގެ އަތުގަ ހުންނަ ބާކީ ފައިސާގަ ބަޔެއްގެ ހައްގު އޮވެދާނެ

  5. މާލެ

    އިންޑިޔާއަކަށްރާއްޖޭމިހުން އެއްޗެއް ނުކިޔާނެ. އެކަމަމު ވަކި ބަޔަކު ވަކި ގޮތަކަށް އިންޑިޔާގެ ގުޅުން ބަދަހި ކުރަން އުޅޭތީ އެކަމަށް މީހުން އެއްޗެތިކިޔަނީ.

    13
    3