ފިލުމު އިންޑަސްޓްރީގެ ފަންނާނުންގެ ފިލުމުތަކާއި ތަފާތު ޕްރޮޖެކްޓްތައް އިޝްތިހާރު ކުރުމުގެ އެންމެ ނުފޫޒުގަދަ އެއް ޕްލެޓްފޯމަކީ މީސް މީޑިޔާއެވެ. ފަންނާނުންނާއި އެމީހުންގެ ސަޕޯޓަރުންނާއި ގުޅުވައިދޭ ވަސީލަތަކީ ވެސް މީސް މީޑިޔާއެވެ.

އިންޑިޔާގެ މަޝްހޫރު ސާރވޭ ކޮމްޕެނީއެއް ކަމުގައިވާ އޮމެކްސް މީޑިއާއިން ވަރަށް ފަހުން ނެރުނު، ޓޮލީވުޑުގެ އެންމެ ކާމިޔާބު އަދި އެންމެ ގިނަ ބަޔަކަށް ކަމުދާ ފަންނާނުންގެ ލިސްޓުގެ އެއްވަނައިގައި ހިމެނެނީ އައްލޫ އަރުޖުންއެވެ.

ދެވަނައިގައި ހިމެނެނީ ފިލުމު ''ބާހޫބަލީ''ގެ އެކްޓަރ ޕްރަބާސްއެވެ. ޕްރަބާސްގެ ކުރިއަށް ހުރި ބައެއް ފިލުމުތަކުގައި ދީޕިކާ ޕާޑުކޯން، އަމީތާބު ބައްޗަން، އަދި ސައިފް އަލީ ޚާނާއިއެކު ފެނިގެން ދާނެއެވެ. އައްލޫ އަރުޖުންގެ ކުރިއަށް އޮތް ފިލުމަކީި ''ޕުޝްޕާ''އެވެ. އައްލޫ އަރުޖުން ވަނީ ކާމިޔާބު އެތައް ފިލުމެއްގައި އޭނާގެ މޮޅު ހުނަރު ދައްކައިލާފައެވެ. ''އާރްޔާ''، އަދި ''އާރްޔާ 2''އަކީ ގިނަ ބަޔަކަށް އައްލޫ އަރުޖުން މަގުބޫލުވެގެން ދިޔަ ފިލުމުތަކެވެ.

ލިސްޓުގެ ތިންވަނައިގައި ހިމެނެނީ ''ކަލޭޖާ''ގެ އެކްޓަރ މަހޭޝް ބާބޫއެވެ.

ލިސްޓުގެ ހަތަރުވަނައިގައި ހިމެނެނީ ''ސަރުދާރު ގައްބަރު ސިންގް''ގެ އެކްޓަރ ޕަވަން ކަލްޔާންއެެވެ.

ލިސްޓުގެ ފަސްވަނައިގައި ހިމެނެނީ ''ކިލާޅީ ނަންބަރ 150''ގެ އެކްޓަރ ޗިރަންޗީވީއެވެ.

ލިސްޓުގެ ހަވަނައިގައި ހިމެނެނީ ''ޖަނަތާ ގަރާޖު''ގެ އެކްޓަރ ތަރަކްއެވެ.

ލިސްޓުގެ ހަތްވަނައިގައި ހިމެނެނީ ''ވެންކީ މާމާ''ގެ އެކްޓަރ ވެންކަޓެޝްއެވެ.

ލިސްޓުގެ އަށްވަނައިގައި ހިމެނެނީ ''އަރުޖުން ރެޑީ''ގެ އެކްޓަރ ވިޖޭ ޑެވަރަކޮންޑާއެވެ.

ލިސްޓުގެ ނުވަވަނައިގައި ހިމެނެނީ ''ނިންނޫ ކޯރީ''ގެ އެކްޓަރ ނަނީއެވެ.

ތަމަޅަ ފިލުމުތަކަކީ ރާއްޖޭގައި ވެސް ވަރަށް ގިނަ ބަޔަކު ފޯރިއާއިއެކު ބަލަމުންދާ ފިލުމުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު