އިންޑިއާގެ ޕްރަބާކަރް ރެއްޑީ ނަމަކަށް ކިޔާ މީހަކު ބޮލުން ޖަހާ ފުޅީގެ މަތި ހުޅުވައިގެން އާ ދުނިޔޭގެ ރިކޯޑެއް ގާއިމްކޮށްފިއެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ނެލޯއަށް ނިސްބަތްވާ އެ މީހާ އެ ރެކޯޑް ގާއިމްކުރީ މިނެޓެއް ތެރޭގައި ބޮލުން ޖަހާ އެންމެ ގިނަ ފުޅީގެ މަތި ހުޅުވި މީހާގެ މަގާމް ހޯދައިގެންނެވެ.

އިންޑިއަން މާޝަލް އާޓްސްގެ ދާއިރާ އިން ޚާއްސަ ތަމްރީނުތަކެއް ހޯދާފައިވާ ޕްރަބާކް އެ ރިކޯޑް އާ ކުރީ 68 ފުޅީގެ މަތި ބޮލުން ޖަހާ ހުޅުވައިގެންނެވެ.

އޭނާ އަށް އެ ރެކޯޑް ގާއިމް ކުރަން އެހީވެ ދިނީ ސުޖީތް ކުމާރު އާއި ރާކޭޝް ބީއެކެވެ.

ކުރިން މި ރެކޯޑް އޮތީ ޕާކިސްތާނުގެ މުހައްމަދު ރާޝިދު ނަސީމުގެ އަތުގައެވެ.

މި ރިކޯޑް ހެދި އިރު ނަގާފައިވާ ވީޑިއޯ އަށް މިހާރު 2000އެއްހާ ވިއުސް ވަނީ ލިބިފައެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާ އިންޑިއާ އަށް ގިނަ ރިކޯޑްތައް ގާއިމްކޮށްދިނުމަށް މިހާރު އިންޑިއާގެ މާޝަލް އާޓްސް ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޚާއްސަކޮށް ޕާކިސްތާނާއި ޚާއްސަ ވާދަވެރިކަމެއް ބާއްވައިގެން މި ރެކޯޑްތައް ގާއިމް ކުރަމުންދާ ކަން ފާހަގަކުރެއެވެ.

އެންމެ ފަހުން މިގޮތަށް މުގުރާލަން މަސައްކަތް ކުރި އެއް ރެކޯޑަކީ ބޮލުން ޖަހާ އެންމެ ގިނަ މަދު ފަޅާލި މީހާގެ ރެކޯޑެވެ. ނަމަވެސް އެ ރެކޯޑް އާ ކުރީ ޕާކިސްތާނުންނެވެ.

މީގެ އިތުރުން ބޮލުން ޖަހާ ކަރާ ފަޅައިގެންނާއި، އަތުން ޖަހާ ކަރާ ފަޅައިގެން ރިކޯޑެއް ގާއިމް ކުރުމަށް ވެސް އިންޑިއާގެ މާޝަލް އާޓްސް ޓީމުން ދަނީ ތަމްރީނުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު