އެއްވެސް ކަމަކީ ތިޔަ ހީކުރާހާ ފަސޭހަ އިން ވާނޭ ކަންތައްތަކެއް ނޫން ކަން އެނގޭނެއެވެ. ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ މަސައްކަތެއް ކޮށްގެންނެވެ. ބައެއް ފަހަރު ކަންކަން ހާސިލް ކުރުމަށް ގޮތް ހުސްވާ ފަހަރު ވެސް އަންނާނެއެވެ. އެހާ ބޮޑަށް އެކަންކަމާ ހާސްވާނެ ކަމެއް ނެތެވެ. ހުރިހާ ކަމެއް އެނގޭ ނަމަ އިތުރަށް ކަންކަން ހޯދައި ދިރާސާ ކުރުމަށް ޝައުގުވެރިކަމެއް ނުހުންނާނެއެވެ.

ބައިވެރިޔާ ގަޔާވާކަން ގިނަ ފަހަރަށް ނުދައްކާނެއެވެ. އޭގެ މާނަ އަކީ ގަޔާނުވަނީކީ ނޫނެވެ. ބައެއް ފަހަރަށް ގަޔާވާކަން ހާމަ ކުރަން ޖެހިލުން ވަނީ ކަމަށްވެސް ވެދާނެއެވެ. އަދި ހަމަ މާޒީގައި ކުރެވިފައިވާ ތަޖުރިބާތަކުގެ ސަބަބުން އުނދަގޫވުން ކުރިމަތި ކުރުވަނީ ކަމަށް ވުން ގާތެވެ.

ބައެއް ފަހަރަށް ބޭނުންވާ ކަމެއް ހާސިލް ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހިދާނެއެވެ. ގިނަ ފަހަރަށް ފިރިހެނުން ބޭނުންވާނީ އެމީހުން ފަހަތުން އަންހެނުން ދުވޭތޯ ބަލާށެވެ. ލޯބި ނުވާތީކީ އެއްވެސް ނޫނެވެ. އަދި އެމީހުން އެގޮތަށް ކަންތައްކޮށްފައި އެކަމަށް އެއްބަހެއް ވެސް ނުވާނެއެވެ. އެގޮތުން ފިރިހެނުންނަށް ނާންގައި އެމީހުންގެ ހިތް އަތުލައި ގަނެވޭނެ ބައެއް ގޮތްތަކަށް ބަލާލާނަމެވެ.

ތިމާގެ މޮޅު ކަމާ ތިމާގެ ނަސަބާ ހަސަބު މާ ބޮނޑަށް ކިޔައި ދޭން ފަށައިފި ނަމަ ވަރަށް އަވަހަށް ފިރިހެނުން ތިމާ މަތިން ފޫހިކޮށްލުން ގާތެވެ. އޭގެ ބަދަލުގައި އެ ފަރާތާ ވެސް ސުވާލުކޮށް ހަދާށެވެ. މިގޮތުން އަދާކުރާ ވަޒީފާ އާއި ގަޔާވާ ކަންތައްތަކަކީ ކޮބައިތޯ އަހާ ސުވާލު ކުރެވިދާނެއެވެ. އޭރުން ތިމާ ގަޔާވާ ކަހަލަ މީހެއްކަން ނޫނީ ނޫން ކަން ވެސް އެނގިގެން ދާނެއެވެ. ސަބަބަކީ އުފާވެރި ދިރިއުޅުމެއް ގަޔާ ނުވާ މީހަކާއެކީ ނުލިބޭނެތީއެވެ.

އެއްވެސް ކަމަކީ ގަދަ ބާރު ދައްކައިގެން ކާމިޔާބުވާނެ ކަންކަމެއް ނޫނެވެ. ކޮންމެ ކަމެއް ކުރުމުގައި ވެސް ދެ މީހުން ހިއްސާވާ ގޮތަށް ކަންތައް ކުރިއަށް ގެންދާށެވެ. ބޭނުން ވާ ސިފަތަކެއް އޭނާގެ ފަރާތުން ނުފެންނަ ނަމަ އޮޅުވާލާ ތިބާ އޭނާ ދެކެ ގާޔާވާ ކަމަށް އޭނާ އަށް ނުދައްކާށެވެ. ގިނަ ފަހަރަށް މީހަކާ ހިތާވާ ހިސާބުން ތިމާ ބޭނުން ގޮތަކަށް އެމީހަކު ބަދަލު ކުރުމަށް އަމުރު ކުރެވެއެވެ. މި ދައްކަނީ އެ ފަރާތަށް ބަދަލު ގެނެވޭނެ ވަރުގެ ކުޑަ ކަންތައްތަކުގެ ވާހަކަ އެއް ނޫނެވެ. މި ބުނަން އުޅެނީ އެ ފަރާތުގެ ދިރިއުޅުމުގެ އާދަކާދަ އާއި އެ ފަރާތުގެ ވިސްނުމުގެ ވާހަކައެވެ.

މިފަދައިން ކަންތައް ކޮށްފިނަމަ އެ ފަރާތުގެ ރުޅިގަދަވުމާ ތިބާ ދެކެ ފޫހިވެ ދެ ފަރާާތުގެ ގުޅުމަށް ހީނަރުކަން އައިސް ދެމީހުން ވަކިވެގެން ދާނެއެވެ. އަބަދުވެސް ހިނިތުންވުމާ އެކު މުހާތަބް ކުރާށެވެ. މަޖާ ވާހަކަ ދައްކައި އުޅޭށެވެ. ތިބާގެ އާއިލާ އާއި ރައްޓެހިންނަށް ކުރާ އިހްތިރާމާ ގަދަރު ބައިވެރިޔާގެ އާއިލާ އާއި ރައްޓެހިންނަށް ވެސް ކުރާށެވެ. އެއީ ވެސް ތިބާގެ އާއިލާ އާއި ރައްޓެހިންގެ ގޮތުގައި ބަލައިގަންނާށެވެ.

އަހަރުމެން އެންމެންވެސް ލޯބިވާ ކަންތައްތައް ވެސް ހުރެއެވެ. ތިބާ ލޯބިިވާ ހިތްއެދޭ ކަންތައް ހުންނަ ގޮތަށް ތިބާގެ ބައިވެރިޔާގެ ވެސް ހުންނާނެކަން ގަބޫލު ކުރާށެވެ. ހުރިހާ ކަންތަކެއް ނޫން ކަމުގައި ވިޔަސް ދެ ފަރާތުގެ ހިތްއެދޭ ކަންތައް ގިނަ ފަހަރަށް އެއްގޮތް ވާނެއެވެ. މަޖްބޫރު ނުކޮށް ތިބާ ކާާހިތްވާ ކާނާ ތަޖްރިބާކޮށްލަން ބުނެވިދާނެއެވެ. ނޫނީ ތިބާ ގަޔާވާ ފިލްމެއް ބަލާލަން ބުނެވިދާނެއެވެ. ހަމަ އޭނަ ވެސް ގަޔާވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު