ބޮލީވުޑްގެ ބަތަލް އަބިޝޭކް ބައްޗަން އަދި ރީތީގެ ރާނީ، ބަތަލާ އައިޝްވާރިއާ ރާއިގެ ކައިވެންޏަކީ އެތައް ބަޔަކަށް ބޮޑު ހައިރާންމެއް ގެނުވި އެއް ކައިވެންޏެކެވެ. އައިޝްވާރިއާ އާއި އަބީޝޭކް ނުގުޅޭ ކަމަށް ބުނާ މީހުން މިހާރު ވެސް ތިބި އިރު ބައެއް މީހުން ހީކުރަނީ އެއީ ބައްޗަން އާއިލާ އިން އިންތިޒާމްކޮށްގެން ކުރި "އެރޭންޖްޑް މެރިއޭޖް"އެއް ކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް މި ދެ ތަރިން ކައިވެނި ކުރީ ލޯބިވެގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އައިޝްވާރިޔާ އަށް ލޯބި ހުށަހެޅީ އަބީޝޭކް އަމިއްލައަށެވެ.

މި ދެ ތަރިން އެކުގައި އުޅޭ އިރު އެންމެ ބޮޑަށް ޒުވާބު ކުރަނީ ކޮން ކަމަކާ މެދުތޯ ދާދި ފަހުން އޮތް އެވޯޑު ހަފްލާއެއްގައި ސުވާލު ކުރުމުން އައިޝްވާރިޔާ ދިނީ ވަރަށް ހީ ނުކުރާ ކަހަލަ ޖަވާބެކެވެ.

" އަސްލު އެއްވެސް މީހަކު ހީވެސް ނުކުރާ ކަހަލަ މީހަކާ. އަހަރުމެން ދެ މީހުންނަކީ ވެސް ވަރަށް ވަރުގަދަ ޖީންސް ހުންނަ ބައެއް. އަހަރެންގެ ވެސް އާއިލާގައި ވެސް ހުންނާނި އެއްކަހަލަ ސިފަތަކެއް. އަބިޝޭކްމެން ގޭގައި ވެސް އެކަން އޮތީ ހަމައެހެން. އެއީ އަހަރުމެން ދެ މީހުންގެ ދޭތެރޭގައި ވަރަށް ދެކެވޭ ވާހަކައެއް. ބައެއް ފަަހަރު މަޖަލަކަށް. ބައެއް ފަަހަރު ސައްލާ އަކަށް. މިހެން ގޮސް ފެށޭ ޒުވާބު ގިނަ ވާނީ. އެހެންވީމަ އެއީ އެންމެ ބޮޑަށް ޒުވާބު ކުރެވޭ ކަމަކީ." އައިޝްވާރިާ ބުންޏެވެ.

އައިޝްވާރިޔާ އާއި އަބިޝޭކް އާއި ދެ މީހުންނަކީ އުމުރުގެ ގޮތުން ވެސް ބޮޑު ތަފާތެއް ހުރި ދެ ފަންނާނުންނެވެ. އަދި މިޒާޖުގައި ވެސް ބޮޑު ތަފާތު ކަމެއް ހުރި މި ދެ މީހުން ވަރިވާން އުޅޭ ކަމަށް ބުނެ ދޭތެރެ ދޭތެރެއިން މީޑިއާގައި ވާހަކަދެކެވެއެވެ. ނަމަވެސް އެފަދަ ކަމެއް ނުހިނގާކަން ބައްޗަން އާއިލާއިން ވަނީ މީޑިއާ އަށް ދާދިފަހުން ވެސް ޔަގީންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިން

    ޖަސްޓް އޮންލީ 3 ޔާރސް އޭޖް ޑިފަރެންސް.. ނޮޓް މަޗް ރައިޓް..