ރީޓެއިލް ވިޔަފާރި އޮންލައިންކޮށް ކުރުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި އެމެޒޮން ކުންފުނީގެ ފައުންޑާ އަދި އެ ކުންފުނީގެ މިހާރުގެ ސީއީއޯ ޖެފް ބޭޒޮސް މަގާމުން ވަކިވެވަޑައިގަތުމަށް ނިންމައިފިއެވެ.

މި އަހަރުގެ ފަހުކޮޅު ބޭޒޮސް އެމެޒޮންގެ ސީއީއޯ ކަމުގެ މަގާމު ދޫކޮށްލަން ނިންމާފައިވާ އިރު ބޭޒޮސް ދެން ހުންނަވާނީ ކުންފުނީގެ އެގްޒެކިއުޓިވް ޗެއާ އަކަށެވެ. އެމެޒޮން އިން ބުނީ ބޭޒޮސް ގެ ބަދަލުގައި އެ ކުންފުނީގެ ސީއީއޯ އަކަށް ދެން ހުންނަވާނީ އެންޑީ ޖޭސީ ކަމަށެވެ.

ޖޭޒޮސް އެމަޒޮންގެ ސީއީއޯ ހަވާލުވީ އެ ކުންފުނި ފެށުނު އަހަރު، 1995 ގައެވެ. ކުންފުނި ވުޖޫދަށް އައި ފަހުން މިއަދާ ހަމައަށް ބޭޒޯސް އެ ތަން ކުރިއަރުވަން މަސައްކަތްކޮށް ދެއްވި އިރު، އެ ކުންފުނީގެ މިލްކިއްޔާތުގައި މިހާތަނަށް 1.7 ޓްރިލިއަން ޑޮލަރު އެބަ ހުއްޓެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެކަކަށް ބެޒޮސް ވެފައިވާއިރު އޭނާ އެމެޒޮން ގެ ސީއީއޯ ކަމުން ވަކިވާން ނިންމައި ކުންފުނީގެ ހުރިހާ މުއައްޒަފުންނަށް ވަނީ ސިޓީ އެއް ވެސް ފޮނުވައިފައެވެ. އެ ސިޓީގައި ބޭޒޮސް ވިދާޅުވީ ފާއިތުވި 27 އަހަރުގައި އެމެޒޮން އަށް މަސައްކަތްކޮށް ދެއްވި ކަމަށެވެ. އެމެޒޮން އަކީ ފުރަތަމަ ހިޔާލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެޒޮންއަކީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކުރާ ކުންފުންޏަށް ވާއިރު އެ ކުންފުނީގައި 1.3 މިލިއަން މުއައްޒަފުން މަސައްކަތް ކުރެއެވެ. އެ ކުންފުނީގެ ސްޓޮކް ވަނީ ފާއިތުވި އަހަރުތަކުގައި 69 އިންސައްތަ ބޮޑުވެފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިންބާރު

    މިއީ ފައިސާކޮޅު ގެއްލެދާނެތީ އަދި ކުންފުނީގެ ހިއްސާގެ އަގު ބާޒާރުގައި ނުވެއްޓެނީސް ހިއްސާގެ އަދަދަށްވާ ފައިސާ ނަގައިގެން އެއްފަރާތްވާން ކުރާކަމެއް.
    މިބަލިމަޑުކަމުގައި ކަންކަން އަދި ގޯސްވުން އޮތީ ކުރިޔަތް. ވީމާ ދުރު ވިސްނޭމީހުން މަޑުމަޑުން މުވައްޒަފުން މަދުކުރަންޖެހުމާއި، މުސާރަ ކުޑަކުރުމާއި އަދި ކުރަމުން އަންނަ ބައެއް ވިޔާފާރިތައް ހުއްޓާލުން ފަދަ ކަންކަން ކުރަން ނިންމުމަށްފަހު ރޯޑްމެޕް އެކުލަވާލައި ދެން އިސްތިއުފާދެނީ .
    ހަމަ މޮގޮޮތަށް ބިލްގޭޓްސްވެސް ހެދީ

    2
    2
  2. ސިނެކް

    ދެންއަވަހަށް ވަ ކިވާންވީ ނުހިފަހައްޓާނަށް