މިއީ މަލްޓި މިލިއަނަރެކެވެ. އޭނާ ގަބޫލުކުރާގޮތުގައި، އޭނާއަށް 180 އަހަރު ވަންދެން ދުނިޔޭގައި ހުރެވިދާނެ އެވެ. އޭނާ ބުނާގޮތުގައި، ގިނަ ދުވަސްވަންދެން ދުނިޔޭގައި ހުރުމަށް އޮތް ސިއްރަކީ ހެނދުނު ސައިބުއިން ދޫކޮށްލުމެވެ. އެކަން ދޫކޮށްލައިގެން ކޮންމެ ދުވަހަކު އަމިއްލަ ނަފްސަށް ހިތްހަމަ ޖެހުން ލިބޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޑޭވް އެސްޕްރޭ ނަމަކަށް ކިޔާ މި މީހާ ގިނަ ދުވަސްވަންދެން ދުނިޔޭގައި ހުރުމަށް އެތައް ފައިސާއެއް ހަރަދު ކުރެއެވެ. އެގޮތުން މިހާރުވެސް އޭނާގެ ޖީބުން 1،000،000 ޑޮލަރު އޭނާ ވަނީ އެކަމަށް ހޭދަކޮށްފައެވެ. އޭނާ ވަނީ އެކަން ކުރާ ގޮތާއި ގުޅޭގޮތުން އާއްމުންނަށްވެސް މައުލޫމާތު ދީފައެވެ.

އޭނާ ބުނާގޮތުގައި، ރޯދަ ހިފުމާއި، ކްރައިއޯތެރަޕީ ފަރުވާ ނެގުމާއި، ގަދަޔަަށް ނިދުމަކީވެސް އޭނާ ކުރާ ކަންކަމެވެ. އަދި ޑޭވް ބުނާގޮތުގައި، އޭނާގެ މި އުޅުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ލިބޭ ހަކަތަ ތަފާތު ވާއިރު، އެކަމުގެ ސަބަބުން އޭނާ ދުނިޔޭގައި އިތުރު ފުރުސަތު ލިބޭނެއެވެ.

އޭނާ ވަނީ އެކަމުގެ ސަބަބުން މައްސަލައެއްވެސް ފާހަގަކޮށްފައެވެ. އޭނާ ބުނީ، އޭނާ 180 އަހަރު ވަންދެން ދިރިއުޅެން ބޭނުން ނުވަނީ އެންމެ ސަބަބަކާއި ހެދި ކަމަށާއި، އެއީ އާއެކު އުޅޭ އެހެން މީހުން އެހާ ދުވަސް ވަންދެން ދިރިނުހުރެދާނެތީ ކަމަށެވެ. އަދި އޭނާއަށް 180 އަހަރު ވަންދެން ދުނިޔޭގައި އުޅޭއިރު، އޭނާގެ ދަރިން މަރުވާތަން ބަލަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

ޑޭވް މިގޮތަށް ބުނި ކަމުގައިވިޔަސް މިހާ ގިނަ ދުވަސްވަންދެން އިންސާނުންނަށް ދިރިނުހުރެވޭނެ ކަަމަކީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށް ގިނަބަޔަކު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    މާތްﷲ އެގޮތަށް އިރާދަ ކުރައްވައިފި އަލަކަށް 1000 އަހަރުވެސް ދުނިޔޭގަ ހުރެވިދާނެ.އެއީ އާދަމް އަލައިހިއްސަލަާމް 1000 އަހަރު ނޫހް އަލައިހިއްސަލާމް 950 އަހަރު ދުނިޔާގަ ހުންނެވި

    30
    1
  2. މުނީރު

    މައިކަލް ޖެކްސަންވެސް 150 އަހަރު ދުނިޔޭގައި ހުރުމުގެ ނިޔަތުގައި އެތައްހާސް ޑޮލަރެއް ޚަރަދުކުރި. ނަމަވެސް މަރުވެގެން އެދިޔައީ އުމުރުން 50 އަހަރުވެސް ނުވަނީސް. ތިޔަ މީހާއަށް ވާގޮތްވެސް ދުނިޔޭގައި ތިބި ބަޔަކަށް ފެެންނާނެ.

    27
    3