ކޮވިޑް-19 އަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ބޮޑު ބަލިމަޑުކަމެވެ. ދުނިޔޭގެ 221 ޤައުމަކުން 104،455،033 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ޤައުމުތަކުގައި ފުރަބަންދު އިއުލާންކޮށް ހަރުކަށި ފިޔަވަޅުތައް ވަނީ އަޅާފައެވެ. މާސްކު އެޅުމާއި ގައިދުރުކަން ބަހައްޓައިގެން މީހުން އެއްވެ އުޅޭ ތަންތަނުގައި އުޅުމަށް ކަމާބެހޭ ފަރާތްތަކާއި ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެމުންދާއިރު ބައެއް ފަރާތްތަކުން ކުރާ ސުވާލަކީ ދެ މާސްކު އަޅައިގެން ކޮވިޑަށް ރައްކާތެރިކަން އިތުރުވާނެތޯ ކުރާ ސުވާލެވެ.

ކޮވިޑަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔަކަށް ވާއިރު ބަލި ޖެހިފަައިވާ މީހެއްގެ ކައިރީގައި ހުރުމުންނާއި އެމީހަކު އަތްލާ ތަންތަނުގައި އަތްލުމުންވެސް ބަލި ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. މި ސަބަބުތަކަށްޓަކައި މާސްކު އެޅުން ގައުމުތަކުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި އަޅާ މާސްކަކީ ރައްކާތެރި މާސްކެއްތޯ ކަށަވަރު ކުރުމާއި މާސްކު ޑިސްއިންފެކްޓު ކުރުމަކީ އެ މާސްކު އަޅާ ފަރާތެއްގެ ޒިންމާއެކެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ މާސްކާއި އާންމުކޮށް މިހާރު މި އަޅާ ފޮތި މާސްކު ބޭނުންކުރާ މާސްކު އަޅާ ފަރާތްތަކުން ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ. މާސްކު އަޅަނީ ބަލިން ސަލާމަތް ވުމަށާއި ތިމާ ބަލި ޖެހިފައި ނެތް ކަމުގައި ވިޔަސް ތިމާގެ ފަރާތުންވެސް އެހެން މީހުންނަށް ބަލި ޖެހިދާނެ ހާލަތެއް އަތުވެދާނެތީ އެފަދަ ކަމަކުންވެސް ރައްކާތެރި ވުމަށެވެ.

ގައިންގަޔަށް އަރާ ބަލީގެ ތަޖުރިވާކާރެއް ކަމަށްވާ ޑރ. ޑޭވިޑް ހާމާ ބުނީ އެންމެ މާސްކެއް އެޅުންވެސް ރައްކާތެރި ކަމަށެވެ. ނަމަވެސް އެ މާސްކަކީ އެމީހަކަށް ފިޓު މާސްކެއްތޯ ޔަގީން ވާން ވާނެ ކަމަށެވެ.

ޔޫއެސް ގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން އިރުޝާދު ދެނީ ފޮތި މާސްކު އަޅާނަމަ ދޭއް ނުވަތަ އިތުރު ލޭޔާ ތަކަކަށް ފަހާފައި ހުންނަ މާސްކު އެޅުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި އެ މާސްކަކީ ނޭވާ އާއި އަނގަ ފޮރުވޭ ފަދަ މާސްކެއްތޯ ޔަގީން ކުރުމަށްވެސް އެ އިދާއީން އިލްތިމާސް ކުރެއެވެ.

ކޮވިޑް ޖެހިފައިވާ މީހަކަށް އެ ބަލީގެ ނިޝާންތައް ދެނެގަންނަން ދެތިންދުވަސް ނަގާފާނެއެވެ. އެ މުއްދަތުގައިވެސް ތިމާގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އެއީ ކޮންމެ މީހަކުވެސް ރައްކާތެރިވާންވީ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ރާއްޖޭގަ މާސްކް ތައްޔާރު ކުރަނީ އެއްވެސް ކަހަލަ ޓެސްތް ކުރުމެއްނެތި. މާސްކުގެ ނޭފަތާއި އަނގަޔާ ދިމާލުން ވައި ދައުރުވަނަމަ މާސްކުގަ ރައްކާތެރިކަމެއްނެތް.ނޭފަރައި އަނގަޔަ ދިމާލުން ވައި ދައުރު ނުވާނަމަ އެ މާސްކް އެހުރީ 100 % ގަ އާދައިގެ 2 މާސްކް އެއްމަސްކަށް ވުރެ ފައިދާ ވާނެ. ރާއްޖެ އިން މިފެންނަނިމުޅިންވެސް ފަރުދި ޒިންމާ ދަވްލަތުގެ ޒިންމަ ނުފެނޭ. ހުއްދަ އޮތް މާސްކެއް ޓެސްޓު ކުރެވިފާ ހުރި މާސްކލެއް މަސްކަކަށް ބޭނުންކުރެވެން ޖެހޭނީ. އެއީ ދަވްލަތުގެ ޒިންމާ މިކަމެއްނުފެނޭ. ބަލިފެތުރުން ހުއްޓުވުމުގެ ނަމުގަ ޓެސްޓު ކުރެވެނި ވެސް ބަލިޖެހިފައިވަ ހުރިހާފަރާތްތައް މުޖްތަމައުން އެކަހެރި ނުކުރެވެނަމަ ބަލިފެތުރުން ހުންޓުވެނެތަ؟ މިކަމުގަވެސް ދަވްލަތުގެ ޒިންމާ ނުފެނެ އަބަދުވެސް މިފެންނަނި ފަރުދި ޒިންމާ.