ދުނިޔޭގެ އެންމެ ހަގު މަހުޖަނުންގެ ތެރެއިން އެކަކީ މައްޝޫރު މޮޑެލް ކައިލީ ޖެނާއެވެ. އޭނާގެ މީސްމީޑިއާއަކީ ދުވާލެއްގެ މައްޗަށް އެތައް ލައްކަ ބަޔަކު ބަލާ އެއްޗަކަށްވާއިރު އޭނާގެ ވާހަކަތަކުގެ އިންތިޒާރުގައި އެތައް ބަޔަކު އަބަދުވެސް ތިބެއެވެ.

ކައިލީ އާއި އޭނާގެ ހަމައެކަނި ދަރިފުޅު، ސްޓޯމީގެ ބައްޕައާ ވަކިވި ވާހަކައަކީ އާ ވާހަކަ އަކަށް ނުވެ ނުދާނެއެވެ. ކައިލީ އާއި ޓްރޭވިސް ސްކޮޓް ވަކިވިތާ އެތައް މަސްތަކެއް ވެފައިވާއިރު މިހާރު މިވަނީ އާ ވާހަކައެއް ފެންމަތި ވެފައެވެ.

ކައިކީ އާއި ޓްރޭވިސްގެ ދަރިފުޅަށް ތިން އަހަރު ފުރުމާ ގުޅިގެން ކައިލީ ލާފައިވާ ފޮޓޯތަކާ ގުޅިގެން އުފެދިފައިވާ އާ ވާހަކަ އަކީ ކައިލީ އާއި ޓްރޭވިސް އަލުން ގުޅެން އުޅޭ ވާހަކަތަކެވެ. ކައިލީގެ ހިތުގައި ޓްރޭވިސްއާ މެދު ލޯބި އަދިވެސް އޮތް ކަމުގެ ވާހަކައެވެ.

ސްޓޯމީ އަށް ޓަކައި ކައިލީ އާއި ޓްރޭވިސް އަލުން ގުޅުމަށް ބައެއް ފޭނުން އެދެމުންދާ އިރު ދަރިފުޅާއެކީ ދެ މީހުންވެސް ގިނަ ވަގުތު ހޭދަކުރާކަން ވަނީ ހާމަ ވެފައެވެ. އަދި ދެމީހުންގެ މެދުގައިވެސް ހާއްސަ ގުޅުމެއް އޮންނަ ވާހަކަތައް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންގެ ތަރި ކައިލީ އަކީ އެތައް މިލިއަން ބައެއްގެ ސަޕޯޓާއި ތަރުހީބު ލިބެމުން އަންނަ ތަރިއެކެވެ. ދަރިއަކު ބެލުމުގައި ކައިލީ ކުރާ ހިތްވަރަށް އެތައް ބައެއްގެ ހިތްވަރު ކައިލީއަށް ލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    ކައިލީ ޖެނާ ކޮންމެ ގޮތަކައް އުޅުނަސް އަހަރެމެނައް ކޮންކަމެއް ، ކައިލީ ޖެނާ ބޭނުންވެގެން އުޅެންޏާ ގޮސްއަހަންވީނުން.

    10
    1
  2. އެތި

    ކިލާފަނި

    3
    1