ކޮސްޓަރިކާގެ ރަށެއް ކަމުގައިވާ ސަންލުކަސްއަކީ ކުރީގައި ގައިދީންނާއި ޖަންގަލީގައި ދިރިއުޅޭ ޖަނަވާރުތައް ގެންގުޅެފައިވާ ތަނެކެވެ. މިރަށް އަލުން ހަދާފައިވަނީ ނެޝެނަލް ޕާކެއް ގޮތަށެވެ. އަދި މި ތަނަކީ އާސާރީ ތަނެއްގެ ގޮތުގައި ވަނީ ހަދައިފައެވެ.

ސަން ލުކަސްގެ މި ރަށް އޮންނަނީ ނިކޮޔާގެ ގަލްފުގެ ޕެސިފިކް އައްސޭރި ފަށުގައެވެ. މިއީ މި އައްސޭރިފަށުގެ 1.8 އޭކަރުގެ ސަރަހައްދެކެވެ.

މި ތަނުގައި ކުރެވޭ ކަންތައްތަކުގެ ތެރޭގައި މަސް ބޭނުމާއި ޕިކްނިކް ދިއުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި މިތަނުގައި އަރާމު ކުރެވޭނެ ތަންތަން ހަދާފައިވެއެވެ.

ލޯންލީ ޕްލެނެޓްއިން ބުނެފައިވާ ގޮތުގައި މިތަނަށް ޒިޔާރަތް ކުރާ މީހުންނަށް ގިނަ އަދަދަކަށް ޖަންގަލީގައި އުޅޭ ޖަނަވާރުތައް ފެނިގެންދާ ކަމަށެވެ. އޭގެ ތެރޭގައި ރާމާމަކުނާ ފުއްލާ ފަދަ ޖަނަވާރުން ހިމެނެއެވެ. އަދި އެކިވައްތަރުގެ ހަރުފަ އާއި މަކުނުތައް މިތަނުން ފެންނަން ހުންނާނެއެވެ.

މި ރަށުގައި ކުރީގައި ގައިދީން ބަހައްޓަން ހެދި އިމާރާތްތައް މިތަނަށް ޒިޔާރަތް ކުރާ މީހުންނަށް ފެންނަން ހުންނަ ގޮތަށް އާސާރީ ތަންތަނުގެ ގޮތުގައި ބަހައްޓާފައިވެއެވެ.

ކޮސްޓަރިކާގެ ފަތުރުވެރިކަމާބެހޭ ވަޒީރު ގަސްޓަވޯ ސެގުރަ ސަންޗޯ ބުނެފައިވަނީ ސަން ލޫކާ އަކީ ކޮސްޓްރިކާގެ ތާރީހީ ގަދީމީ ރަށެއް ކަމަށެވެ. އެގައުމުގެ 30 ވަނަ ޕާކް ހުޅުވަމުން އޭނާ ބުނެފައިވަނީ އެތަނަކީ އެންމެންގެ މެދުގައި މަގްބޫލު ތަނަކަށް ވާނެ މަންޒިލެއް ކަމަށް އުއްމީދުކުރާ ކަމަށެވެ.

ސަންލުކަސްއަކީ އެސަރަހައްދުގެ ދެވަނައަށް ކޮކޯ އައިލޭންޑް ނެޝަނަލް ޕާކްއަށްފަހު އެންމެ ބޮޑު ގައުމީ ޕާކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައްސި2

    ތިކަހަލަ ކިތައް .... ޜަތްތައް ... ޢެބަހުރި ..... މިދުނިޔޭގަ.... ޢަހަރުމެންނާއި... ޚޮން ބެހޭ ... ކަމެއް

    5
    2