މިއީ އިންޑިއާގެ އިންޑޯރް އަށް ނިސްބަތްވާ ވަރަށް މޮޅު ކުއްޖެކެވެ. އުމުރަކީ 13 އަހަރެވެ. އޭނާ ވަނީ އުމުރުން 12 އަހަރުގައި ގްރޭޑް 12 ގެ ޓެސްޓު ހަދައި، ފާސް ވެފައެވެ. އަދި މިހާރު އޭނާ އެ ދަނީ ގްރެޑުއޭޝަންއަށް ތައްޔާރުވަމުންނެވެ/

ޓަންޝިކާ ނަމަކަށް ކިޔާ މި ކުއްޖާ އުމުރުން 11 އަހަރުގައި ގްރޭޑް 10ގެ ޓެސްޓުވެސް ހެެދިއެވެ. އަދި 12 އަހަރުގައި ގްރޭޑް 12 ގެ ޓެސްޓުތައް ހަދައި އެންމެން ހައިރާންކޮށްލިއެވެ. އޭނާއަށް ގްރޭޑް 10ގެ ޓެސްޓުތައް ހަދަން ފުރުސަތު ދީފައި ވަނީ ގްރޭޑް ފަހެއްގެ ޓެސްޓުތައް ހެދުމަށްފަހު އެވެ. އެ ޓެސްޓު ހެދުމަށްފަހު ގްރޭޑް 10ގެ ޓެސްޓުތައް ހަދަން އޭނާއަށް ހުއްދަ ދިންއިރު، އޭގެ ފަހުން އޭނާގެ ހުނަރުވެރިކަމާއި، މޮޅުކަމުން ގްރޭޑް12 ގެ ޓެސްޓުތައް ހަދަން ފުރުސަތު ދިނީ އެވެ.

މިހާރު އުމުރުން 13 އަހަރުވެފައިވާ ޓަނިޝްކާ މިހާރު ދަނީ އިންޑޯރްގެ ޔުނިވާސިޓީއެއް ކަމަށްވާ ޑެވި އަހިލްޔާ ވިޝަވަވިޑިޔަލަޔާ ޔުނިވާސިޓީގައި ކިޔަވަމުންނެވެ. އޭނާ ކިޔަވަމުން ދަނީ އޮންލައިންކޮށެވެ.

މަދްޔާޕްރަދޭޝްގެ އެޑިއުކޭޝަން ޕޮލިސީތަކުގައި ތިރީ ގްރޭޑްތަކުގެ ދަރިވަރުން މަތީ ގްރޭޑްތަކަށް ވަނުމުގެ ފުރުސަތެއް އަސްލު ނޯވެ އެވެ. އެހެން ނަމަވެސް ޓަންޝިކާގެ މައިންބަފައިން ވަނީ އޭނާގެ ހުނަރުވެރިކަމާއި މޮޅުކަމުން އޭނާ އެންމެ މަތީ ކްލާސްތަކަށް ވައްދަން ވަރަށް މަސައްކަތް ކޮށްފައެވެ.

އޭނާ ހަމައެކަނި ހުނަރުވެރީ ކިޔެވުމަކަށް ނޫނެވެ. ކަތަކް ޑާންސާއެއްގެ ގޮތުގައިވެސް އޭނާއަކީ ތަރިއެކެެވެ.

އޭނާގެ ވިސްނުން ހުރީ އުމުރު ހަމަވުމުން ކޯޓެއްގެ ފަނޑިޔާރަކަށް ވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަޟީ

    މުސްލިމެއް ތަ؟؟؟؟