ނޫޑްލްސްއަކީ ދިވެހިންނަށް ވެސް އެންމެ ކަމުދާ އެއް ކެއުމެވެ. ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރަން ގެއަށް އަންނަ އިރު ވެސް އެންމެ ފަސޭހައިން އެންމެ މީރު އެއްޗަކަށް ކެއްކޭ އެކައްޗަކީ ނޫޑްލްސްއެވެ. އެގޮތުން ފަހަކަށް އައިސް ނޫޑްްލްސްގެ ތެރެއިން އެންމެ މަގްބޫލް ނޫޑްލްސްގެ ބާވަތަކީ ރާމެން ނޫޑްލްސްއިންނެވެ. މި ބާވަތުގެ ނޫޑްސްލްސްއަކީ އާއްމުކޮށް ލިބެން ހުންނަ ނޫޑްލްސް އަށް ވުރެ ކުޅި ނޫޑްލްސްއެކެވެ.

މި ނޫޑްލްސް ބޭނުންކޮށްގެން ފެންވަރާ ވާހަކަ ބުނެފި ނަމަ ހައިރާނެއް ނުވާނެ ހެއްޔެވެ؟ ގަބޫލުކުރަން ކިތަންމެ ދަތި ނަމަވެސް ރާމެން ނޫޑްލްސް ބޭނުންކޮށްގެން ފެންވެރުމަކީ މިހާރު ރީތި ވުމަށް އާއްމުކޮށް ދުނިޔޭގައި ކުރަމުންދާ ކަމެކެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ޔޫޓިއުބަރަކު ވަނީ ނޫޑްލްސްއިން ފެންވެރުމަށް ފަހު ވީޑިއޯއެއްކޮށްފައެެވެ. އޭނާ އެކަން ކުރީ އާއްމުކޮށް ރޯގާ ޖެހޭ މީހުންނަށް ހޫނު ނޫޑްލްސް ކެއުމުން އެއީ ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށް ބުނެއެވެ. އޭގެ ފަހުން އެ ޓްރެންޑް ފެށިފައި ވަނީ މިހާރު އިންސްޓަގްރާމްގައެވެ.

މިއީ ޖޯކެއްގެ ގޮތުގައި ފެށުނު ކަމެއްތޯ ނޫނީ ސައިންސް އެކްސްޕެރިމެންޓެއްތޯ އަދި އެނނގޭކަށް ނެތެވެ. ނަމަވެސް ގިނަ މީހުން އެކަން ކުރަނީ ހަންގަނޑު ރީތިވާކަމަށް ބުނެއެވެ. މިއީ އެއްވެސް ކަހަލަ ދިރާސާއެއް ކުރެވިފައި ނުވާ ކަމެކެވެ.

ކޮންމެއަކަސް ބާތު ޓަބް އަށް ގިނަ އަދަދަކަށް ރާމެން ނޫޑްލްސް އަޅައިގެން އެ ނޫޑްލްސް ބޭކާރު ކުރާތީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން ބަނޑަށް ޖެހެމުން ދަނިކޮށް އެފަދަ ކަމެއް ކުރުމުން އަމާޒުވާ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެނޯނި ފިޝް

    ފޭސް ޕާލްމް

  2. ކަލޯ

    ތިޔަ ތިބެނީ އިސްރާފު ކުރުމު ގަވެސް ހައްދު ފަހަނަ އަޅާފައި