ފާދިރީއެއްގެ އިހުމާލުން އެއްމަސް ނުވާ ތުއްތު ކުއްޖަކު ރޮމޭނިއާގައި މަރުވެއްޖެއެވެ.

"ޑެއިލީމެއިލް" ނޫހުން ރިޕޯޓް ކޮށްފައިވާގޮތުގައި މި ހާދިސާ މަރުވަފައިވަނީ ވިހައިގެން ތިން ހަފްތާވެފައިވާ ކުއްޖެކެވެ. މި ހާދިސާ ހިނގާފައިވަނީ ރޮމޭނިއާގައި ހުންނަ 'އޮތޮޑޮކްސް" ނަމަކަށް ކިޔާ ފައްޅިއެއްގައެވެ.

އެ ކުއްޖާ މަރުވެފައިވަނީ ގިނަ އިރުތަކެއް ވަންދެން ފެނުގެ ތެރެއަށް ކޮށްޕާ ހަދާފައިވާތީ ކަމަށް ކުއްޖާގެ އޮޓޮޕްސީ ރިޕޯޓުން ވަނީ އެނގިފައެވެ.

އެއީ އެގައުމުގައި އާންމު ގޮތެއްގައި ކުރަމުން އަންނަ ސަގާފީ ކަމެކެވެ.

ކުއްޖާ މަރުވެފައިވަނީ ހިތްހުއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ އެ ފާދިރީ މީހާގެ މައްޗަށް މީހަކު މެރުވުމުގެ ދައުވާ ކުރުމަށް ނިންމާފައެވެ. އަދި ގިނަ ބަޔަކު ވަނީ އެކަން ހުއްޓުވުމަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަނުގައި 56،000 ވަރަކަށް މީހަކު ވަނީ ސޮއިކޮށްފައެވެ.

އެ ޕެޓިޝަނުގައި ބުނެފައިވަނީ އެ ސަގާފަތާއި ގުޅިގެން އެ ކުއްޖާ މަރުވެގެން ދިއުމަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެހެން ކަމުން ވަގުތުން އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މީސްމީީޑއާގައި ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ވަނީ އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބުނެފައެވެ. އަދި ވަކި ދީނަކަށް އެގޮތަށް ބަލައި އެކަން ކުރުން ހުއްޓުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

މިއީ އެގައުމުގައި އަލަށް ހިނގާފައިވާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް މިފަދަ އެތައް ހާދިސާތަކެއް އެގައުމުގައި ހިނގާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިމް

    ސޯ ސޭޑް

    6
    1
  2. މުޙައްމަދު

    އެއީ ސަގާފީ ކަމެއް ނޫން. އެއީ ކިރިސްޓިއަނުންގެ ދީނީ ކަމެއް.

    22
  3. ބަކުރު

    ފާދިރީ އަށް ވުރެއް އެ ކުއްޖާގެ މައިންބަފައިން އެކަމުގެ ޒިންމާ ނަގަންޖެހޭނީ ފާދިރީ އާ އެކަންކުރަން ހަވާލު ކުރީމަވީގޮތް😢😢😢

    11
  4. އަހޫ

    ބެޕްޓައިސް ވެފަ އެއޮތީ