މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނިގެން ދަނީ އިންޑިއާގެ ގުޖްރާތްގައި ހުންނަ ހޮޓަލެއްގެ ތެރެއަށް ސިންގާއެއް ވަންނަ މަންޒަރެވެ. ފެބްރުއަރީ އަށް ވަނަ ދުވަހު އެ ސިންގާ ވަދެފައި ވަނީ ޖުންގަދްގައި ހުންނަ ސަރޮވަރް ޕޯޓިކޯ ހޮޓަލަށެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ އެ ސިންގާ ހޮޓަލްގެ ތެރޭގައި އުޅޭ މަންޒަރެވެ. އެއީ ރޭގަނޑުގެ ވަގުތެއްގައިކަން އެ ވީޑިއޯއިން އިނގެއެވެ. އެ ވީޑިއޯގައި އާއްމުކޮށްފައި ވަނީ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ.

އެ ވީޑިއޯގައި ފެނިގެން ދަނީ އެ ސިންގާ ހޮޓެލްގެ ގޭޓް މަތިން އެތެރެއަށް ފުންމާލާ މަންޒަރެވެ.

އެ ހޮޓެލްގެ ސެކިއުރިޓީ އަށް ހުރި މީހާއަށްވެސް އެ މަންޒަރު ފެނިފައިވާ ހެން އެ ވީޑީއޯއިން އެނގެއެވެ.

ފަހުން އާއްމުވެފައިވާ ސީސީޓީވީ ފޫޓޭޖް ވީޑިއޯއިން ފެނިގެން ދަނީ، އެ ސިންގާ އެ ހޮޓަލުން ބޭރަށް ނުކުންނަ މަންޒަރެވެ. އޭތީ ގޮސް ގޭޓުން ނުކުމެގެން ދަނީ މަގުމައްޗަށެެވެ.

މިކަމާއި ގުޅިގެން އެ ސަރަހައްދުގައި އުޅުނު އެއްވެސް މީހަކު ބިރުގަނެގެން އުޅުނުކަން ރިޕޯޓްކޮށްފައި ނުވާ ކަމަށް ވެއެވެ.

ގުޖްރާތްގައި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިއީ ސިންގާއެއް އިންސާނުން ތިބި ހިސާބަކަށް އައިސްގެން ރިޕޯޓް ކުރި އެންމެ ފަހުގެ ހާދިސާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިސްޓާރ ޓޭ

    ސެކޫރިޓީ މީހާ އޮތީ ނަދާފަ

    1
    1
  2. ކިޔާލު

    ދެން ފަހުންވީ ކިހިނެއް؟ ނިކުންދުވީ؟ އޭތިއަމިއްލަޔަށް ނިކުތީ؟