އޭޝިއާ ބައްރުގެ ގިނަ ހިސާބުތަކުގައި ދިރިއުޅޭ ވާ ތަކުގައި ކޮވިޑް-19 ފަދަ ވައިރަހެއް ހިމެނުމުގެ ފުރުސަތު އޮތް ކަމަށް ސައިންޓިސްޓުން ބުނެފިއެވެ.

ބީބީސީ ނޫހުގައި ޝާއިއު ކުރި ލިޔުމެއްގައި ބުނެފައި ވަނީ ތައިލޭންޑްގައި ދިރިއުޅޭ ވާތައް ބޭނުންކޮށްގެން ކުރި ތަހުލީލުތަކަކުން އެ ވާތަކުގައި ކޮވިޑް ވައިރަސްއާ ދާދި އެއްގޮތް ވައިރަހެއް ހުރިކަން ވަނީ ފާހަގަވެފައެވެ.

އެހެންކަމުން އިތުރު ވާތަކުގައި ވެސް އެފަދަ ވައިރަސް އެއް ހުރުން އެކަށީގެންވާ ކަމަށް ސައިންޓިސްޓުން ބުނެއެވެ. އަދި އެ ވައިރަސް ހުރި ވާތައް އޭޝިއާގެ ހުރިހާ ހިސާބެއްގައި ވެސް ހުރެދާނެ ކަމަށް ލަފާކުރެވޭކަމަށް ވެސް ސައިންޓިސްޓުން ބުނެއެވެ.

" ޖެނެޓިކްސް އަށް ބަލާ އިރު ވައިރަސް އޭޝިއާ ބައްރުގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަން ބެލުމުގެ ފުރުސަތު އެބަ އޮތް. އެއީ ސާމްޕަލް ނެގޭ މިންވަރު މަދު. ޖަޕާނާއި، ޗައިނާ އަދި ތައިލޭންޑުގައި ވާތަކުގައި ވެސް ވައިރަސް ހުރެދާނެ. އެ ފުރުސަތު އެބަ އޮތް،" ދިރާސާ ކުރާ ފަރާތަކުން ބުނެފައިވެއެވެ.

ކޮވިޑް ޖައްސާ ކޮރޯނާ ވައިރސސް ފެނުނީ ޖަނަވާރެއްގެ ފުށުން ކަމަށް ވާއިރު ހޯދުންތަކުން އެނގޭ ގޮތުން އެ ވައިރަސް ފުރަތަމަ ހުރީ ވާލެއްގެ ގައިގައެވެ. އިންސާނުން ގަޔަށް ވައިރަސް އެރީ ވާލުގެ ޒަރިއްޔާއިންނެވެ.

ވާލުގައި މި ވައިރަސް ހުންނަ އިރު އެއް ވާލުން އަނެއް ވާލުގެ ގަޔަށް ވައިރަސް އެރުމުގައި ވައިރަހަށް ބަދަލު އައުމުގެ ފުރުސަތު އޮތް ކަމަށް ސައިންޓިސްޓުން ބުނެއެވެ. މިކަމާ ގުޅޭ ދިރާސާތައް އަދިވެސް ދަނީ ކުރަމުންނެވެ.

ދިރާސާ ކުރާ ފަރާތްތަކުން ދަނީ މި ބަލި ފެތުރޭ ގޮތާއި، މި ވައިރަސް އުފެދިގެން އައި ގޮތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު