ތަފާތު އެތައް ވައްތަރެއްގެ ވީޑިޔޯ ލަވަތައް އަބަދުވެސް ނެރެމުންދާއިރު "ނަތިން ގްރޭޓް އެބައުޓް ބްރިޓެއިން" އަލްބަމްގެ "ފީލް އަވޭއި" ލަވަ އަކީ ނުބަލައި ދޫކޮށްލާވަރުގެ ލަވައެއް ނޫނެވެ. މި ލަވަ ހާއްސަވާ އެތައް ސަބަބެއް އެބަ އޮތެވެ. ހައިރާންވާ އެތައް ކަމެއް މި ލަވައިން ފެނިގެން އެބަ ދެއެވެ. މި ލަވަ ފުރަތަމަ ބަލާލާށެވެ.

ލޯބީގެ ވާހަތައް ކިޔަދޭ މި ވީޑިއޯ ލަވަ ހާއްސަ ވަނީ ލަވައިގެ ވީޑީއޯ ކުޅެފައިވާގޮތާއި ފެންނަ މަންޒަރު ތަކުންނެވެ. މި ވީޑިއޯގައި ފެނިގެން ދަނީ އިންސާނެއް ގޮތަށް އޮތް އެއްޗެއް ފޮތިފޮތިކޮށްގެން ކާ މަންޒަރެވެ. އެއީ އިންސާނެއްގެ ގޮތަށް ހަދާފައިވާ ކޭކެކެވެ.

މިހާރު ޔޫޓިއުބާއި ފޭސްބުކްއިން ފެނިގެންދާ ތަފާތު ވައްތަރުގެ ކޭކުތަކުގެ ތެރެއިން މި ވީޑިއޯ ލަވައިގައިވެސް ފެނިގެންް މި ދަނީ ތަފާތު ކޭކެކެވެ.

މިލަވައިގައި ފިރިހެންމީހާ އަންހެނަކަށް ލޯބި ހުށައަޅައެވެ. އަދި ދެމީހުންވެސް ބަނޑުބޮޑުވެ އެވެ. އަދި ދެމީހުން ވިހާ ކޮޓަރިއަށް ދިއުމުން އަންހެން މީހާއަށް އެތާ ހުރި ޑޮކްޓަރާއި ބައްދަލުވެ އެމީހުން ލޯބިހުށައަޅައި ކައިވެނި ކުރެއެވެ. އޭރު އަންހެންމީހާގެ ފިރިހެނުން އޮންނަނީ ވިހަން އެނދުމަތީގައި އެވެ.

ލަވައިގައި އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނާނެ އެކައްޗަކަށް ވާނީ މި ވީޑިޔޯގައި ފެނިގެންދާ ލަވަކިޔުންތެރިޔާ ކޭކަކަށް ބަދަލުވެފައި އޮންނަ މަންޒަރެވެ. ދަރިއަކަށް މި ފިރިހެން މީހާ ބަލިވެ ހުންނަތަން ފެނިގެންދާއިރު މީނާ ވިހަން ވައްދާފައި އޮންނަ ގަޑީގައި ތަފާތު އެކި ކަންކަން ހިނގައިދާތަންވެސް ފެނިގެން ދެއެވެ.

ވިހާ ކޮޓަރީގައި ތިބެ ޕާޓިކޮށް ކޭކަކަށް ބަދަލުވެފައިވާ ފިރިހެން މީހާ ކަނޑައިގެން އެންމެން ކާތަންވެސް ފެނެއެވެ. އަދި ލަވައިގެ ނިމޭހިސާބުން އޭނާއަށް ލިބިނު ދަރިއަކީވެސް ކޭކެއްގެ ގޮތުގައި ފެނެއެވެ.

މިހާރަކަށް އައިސް ކޭކްއެޅުމުގައި މީހުންގެ ވާދަވެރިކަން އޮތް މިންވަރުން ކޮންމެ ފަދަ އެއްޗެއްގެ ސިފައިގައިވެސް ކޭކް އަޅައި ޑެކަރޭޓް ކޮށްލަ އެވެ. ޖަނަވާރެއްގެ ސިފައިގައި ބައެއްފަހަރު ކޭކް އަޅާއިރު އަނެއްބައި ފަހަރު ގޭގައި ހިފާގެންގުޅޭ އެއްޗެއްގެ ސިފައިގައިވެސް ކޭކް އަޅައި އޭގެ ވީޑިއޯ ޔޫޓިއުބާއި ފޭސްބުކް އަށް ލާފައި އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސައިން

    މުޑުދާރު ލަވަ އެއ އް

    28
    1