ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ ތަރި ކިމް ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ ކެންޔޭ ވެސްޓްގެ ކައިވެނި ރޫޅާލަން ނިންމައިފިއެވެ.

ކިމް އާއި ކެންޔޭ ޑޭޓް ކުރަން ފެއްޓީ 2012 ވަނަ އަހަރުއެވެ. އަދި 2014 ވަނަ އަހަރު މެއި މަހު ދެ މީހުން ކައިވެނިކޮށްފައިވާ އިރު އެ ކައިވެންޏަށް މިހާތަނަށް ހަތަރު ކުދިން ވަނީ ލިބިފައެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވަރި ކުރުމަށް ކޯޓަށް ފޯމުލާފައި ވަނީ ކިމް ކާޑޭޝިއަންއެވެ. އުމުރުން 40 އަހަރުގެ ކިމް އާއި 43 އަހަރުގެ ރެޕާ، ކެންޔޭގެ ހަތަރު ކުދީންނަކީ ނޯތު، 7، ޝިކާގޯ، 3، ސެއިންޓް 5، އަދި ސާމް 1، އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކިމް ކައިވެނި ރޫޅާލަން މަސައްކަތް ކުރާތާ މިހާރު މަސްތަކެއް ވެއްޖެއެވެ. އޭނާ ވަނީ ބޭރުގެ ފުންނާބު އުސް ވަކީލުންގެ ލަފާވެސް އެކަމުގައި ހޯދައިފައެވެ.

ކެންޔޭ ދޫކޮށްލަން ކިމް މަސައްކަތް ކުރަނީ އެމެރިކާގެ އިންތިހާބަށް ކެންޔޭ ވާދަކުރުމާއި ފާއިތުވި މަސްތަކުގައި ކެންޔޭގެ އުޅުމަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކަށް ކެތް ނުކުރެވިގެން ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

ކެންޔޭ ވަނީ އޭނާ އާއި ކިމް އަށް ފުރަތަމަ ލިބުނު ދަރިފުޅު އެބޯޓް ކުރުމަށް ވިސްނި ކަމަށް ގިނަ ބައެއްގެ ކުރިމަތީގައި ބުނެފައެވެ. އަދި އެ ވާހަކަތަކަށް ފަހު ކިމް އޭނާ ދޫކޮށްލާނެ ކަމަށް ވެސް ކެންޔޭ ވަނީ ބުނެފައެވެ.

ކިމް ވަނީ ކެންޔޭއާ ކައިވެނި ކުރުމުގެ ކުރީން ދެ ކައިވެންޏެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެންދޫ

    ކާން ޔޭ ވެސްޓް ދޯ ގަދަ ކަލޯ 🥸