އިނގިރޭސިވިލާތުގެ ވެސްޓް ބަރީގެ ކޯރެއްގައި އިން ހުދު ކުލައިގެ އަސްދޫންޏެއް ކަޅު ކުލައަށް ބަދަލު ވެއްޖެއެވެ. މި އަސްދޫނި ކަޅު ކުލައަށް ބަދަލުވެފައި ވަނީ އެ ކޯރަށް ގޮތް ނޭނގޭ ކޮންމެވެސް ބާވަތެއްގެ އެއްޗެއް އެއްލާލުމުން ކަމަށް ޖަނަވާރުންގެ ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ރޯޔަލް ސޮސައިޓީއިން ބުނެފައިވެއެވެ.

ރޯޔަލް ސޮސައިޓީން ބުނެފައިވާ ގޮތުގައި ހުދު ކުލައިގެ އެ އަސްދޫނި ކަޅު ކުލައަށް ބަދަލުވެފައިވަނީ ކޯރުގައި ހުރި ގޮތް ނޭނގޭ މާއްދާއެއްގެ ސަބަބުންނެވެ. އަދި ބޮޑަށް ބެލެވެނީ އެއީ ޕްރިންޓަރަށް ލައްވާ ކާޓްރިޗެއް ކަމަށެވެ.

މި އަސްދޫނި މިހާރު ވަނީ އެ ކޯރުން ނަގައި އާރްއެސްޕީސީއޭ ވެސްޓް ހެޑްޖްއަށް ގެންދެވިފައެވެ. އަދި މ އަސްދޫނީގެ ކުލަ ފެނި އެ ތަނުގެ މުވައްޒަފުން ވެސް ތިބީ ހައިރާން ވެފައި ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

އާރްއެސްޕީސީއޭގެ ފަރާތުން ވަނީ މި އަސްދޫނި ވަރަށް ފަރުވާތެރިކަމާއި އެކު ސާފުކޮށްފައެވެ. ނަމަވެސް އޭގެ ކުލަ އަދި ވެސް ބަދަލު ުނުވެއެވެ. އާރްއެސްޕީސީއޭގެ އިންސްޕެކްޓަރ ސްޓެފް ޑެލީ ބުނެފައިވަނީ އެއީ ކަޅު ކުލައިގެ އަސްދޫންޏެއް ކަމަށް ހީކށް ބިރުގަތް ކަމަށެވެ.

އަސްދޫނީގެ ކުލަ ބަދަލުވެފައިވަނީ މީހަކު ގަސްދުގައި ކުރި ކަމަކުންތޯ ނުވަތަ ނޫންތޯ މިހާރު ދަނީ ތަހުގީގު ކުރެވެމުން ކަމަށް ވެސް އިންސްޕެކްޓަރ ސެޓެފް ބުނެފައިވެއެވެ.

ސްޓެފް ބުނެފައިވާ ގޮތުގައި އަސްދޫނި ކޯރުން ސަލާމަތް ކުރެވުނު އިރު އޭތީގެ ހާލު ވަރަށް ގޯސް ކަމަށާއި ފުރަތަމަ ހީކުރީ އެއީ ކަޅު ތެޔޮ ކަމަށެވެ. ނަމަވެސް އޭގައި ހުރި ކަޅު ކުލައަށް ބަލާފައި އެއީ ކަޅު ތެޔޮ ނޫން ކަމަށާއި ބޮޑަށް ބެލެވެނީ ކާޓްރިޗްގެ ކުލަ ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު