މިހާރު މީސް މިޑިއާގައި ދަނީ އެކި އެކި ވައްތަރުތަކުގެ ކެއުންތަކުގެ ފޮޓޯތަައް އާއްމު ކުރަމުންނެވެ. ހާއްސަކޮސް ތަފާތު ވައްތަރެއްގެ ކެއުމެއް ނަމަ އެ ކެއުމެއްގެ ފޮޓޯތަކާއި ވީޑިއޯތަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދެއެެވެ.

މިގޮތުން މިހާރު މިސް މީޑިއާގެ ސަމާލުކަމަށް އައިސްފައި ވަނީ، މީހަކު ހެދި ސްޓްރޯބިރިޔާނީއަކަށެވެ.

ޕާކިސްތާނަށް ނިސްބަތްވާ ފިރިހެނަކު އޭނާއާއި އިތުރު ބަޔަކުވެގެން ހެދި ސްޓްރޯބިރިޔާނީގެ ފޮޓޯ އާއްމުކޮށްފައި ވަނީ ޓްވިޓަގައެވެ. އެ ފޮޓޯ ޓްވިޓާގައި އާއްމު ކުރުމުން އެއްބަޔަަކަށް އެކަން ތަފާތު ކަމަށް ވެގެންދިޔައިރު، މިއީ ފަކުރު ގަންނަ ވަރުގެ ކަމެއް ކަމަށް ބުނި މީހުންވެސް އެބަ ތިއްބެވެ.

އާއްމުކޮށްފައިވާ އެ ފޮޓޯއިން ފެނިގެން ދަނީ ބިރިޔާނީ ތައްޓެއްގެ ތެރޭގައި ސްޓްރޯބެރީތަކެއް އަތުރާފައި ހުންނަ މަންޒަރެވެ. އާއްމުކޮށް ހަދާ ބިރިޔާނީތަކުގައި ހުންނާނީ ކުކުޅު ކަހަލަ އެއްޗެކެވެ.

"އަހަރުމެން މިއަދު ގޭގައި ހެދީ "ސްޓްރޯބިރިޔާނީ" އަހަރެން ބޭނުން ބަލަން ޓްވިޓްގައި އުޅޭ މީހުން މި ކެއުމާއި ގުޅޭގޮތުން ކިޔާނެ އެއްޗަކާއި ގުޅޭގޮތުން". އިސްލާމް އާބާދަށް ނިސްބަތްވާ އެ މީހާ ޓްވީޓާގައި އެ ފޮޓޯ އާއްމުކޮށް ބުންޏެވެ.

އެތައް ބައެއްގެ ސަމާލުކަން އެ ފޮޓޯތައް ލިބިގެން ގޮސްފިއެވެ.އެކަމަކު ގިނަބަޔަކު އެ ކެއުމާއި ގުޅޭގޮތުން ދެއްކީ ހިތްހަމަޖެހޭ ކަހަލަ ވާހަކަތަކެއް ނޫނެވެ.

އެގޮތުން ބިރިޔާނީ ލަވާސް ގޮތުގައި އުޅޭ މީހުންގެ ފާޑުކިޔުންތައް އެ ފޮޓޯއަށް އަމާޒުވުިއެވެ. އަދި އެއީ ބިރިޔާނީއަށް އިހްތިރާމް ނުކުރުން ކަމަށްވެސް ބުނި މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު