އެޓްލާންޓިކް ކަނޑުގަ ވަށައިގެން 3000 މޭލަށް ފަލި ޖަހާ ޖޭސްމީން ހެރިސަން 21 ވަނީ މި ދަތުރު ނިންމި އެންމެ ޒުވާން އަންހެން ކުއްޖާގެ މަގާމު ހޯދާފައެވެ.

ހެރިސަން 2020 ޓަލިސްކާ ވިސްކީ އެޓްލާންޓިކް މުބާރާތުގައި ވާދަކޮށް ހޮނިހިރު ދުވަހު ނިންމާފައިވަނީ 70 ދުވަހާއި ތިން ގަޑި އިރާ 48 މިނުޓުންނެވެ. އެޓްލާންޓިކް ކެމްޕެއިން އިން ބުނެފައިވާ ގޮތުގައި މިއީ ހަމައެކަނި އެކަކު ފަލިޖަހައިގެން ޒުވާން އަންހެން ކުއްޖަކު ހެދި އާ ރެކޯޑެކެވެ.

ހެރިސަން އަކީ އިނގިރޭސިލާތުގެ އަވަށެއް ކަމަށްވާ ތާސްކަށް ނިސްބަތްވާ ޒުވާނެެކެވެ. ހެރިސަން އޭނާގެ ވެބްސައިޓްގައި ބުނެފައިވަނީ އޭނާ ކެރީބިއަން ގައި ފަތަން ދަސްކޮށްދޭން އުޅުމުގެ ތެރޭގައި 2018 ވަނަ އަހަރު ރޭސް ނިންމި ތަން ފެނިފައި އޭނާ އެ މުބާރާތުގައި ބައިވެރިވާ ހިތްވީ ކަަމަށެވެ.

އޭނާ އެ ދަތުރު ފެށީ ކެނެރީގެ އައިލެންޑްގެ ރަށެއް ކަމަށްވާ ލަ ގޮމެރާއިންނެވެ.

ކަންކަން ކުރުމުގައި މީހުންނަށް އެކަަމަށް ހިތްވަރެއް ލިބޭނެ ގޮތައް ހަދަން އެންމެ ރަނގަޅުވާނީ ކުރާކަަމެއް އެކަނި ކޮށްފައި ދެއްކުމުން ކަމަށް ހެރިސަން އޭނާގެ ފޭސްބުކް ޕޭޖް ގައި ލިޔެފައި ވެއެވެ. ހެރިސަން އަކީ ފަތަން ދަސްކޮށްދޭ ޓީޗަރެކެވެ. އަދި އޭނާއަކީ ބާރއެއްގައި މަސައްކަތް ކުރާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު