ޖޯސެފް ސޭކަރް ނުވަތަ "ދަ ޕެރޮޓް" އަކީ އިންޑިޔާގެ ބޭއި އޮފް ބެންގާލް ގެ އެންމެ ބޮޑު ސިޓީ، ޗެންނާއި އަށް ނިސްބަތްވާ ރައްޔިތެކެވެ. ޖޭސެފް ހާއްސަ ވަނީ އޭނާގެ އާމްދަނީގެ ދެބައިކުޅަ އެއްބައި 4،000 އަށްވުރެ ގިނަ ދޫންޏަށް ކާންދޭތީ އެވެ.

ޗެންނާއިގެ މަގުތައް މީހުންނާއި ދުއްވާ އުޅަނދުތަކުން ކޮންމެ ދުވަހަކުވެސް ފުރާލާފައި އޮންނައިރު ދުވާލުގެ ދެ ގަޑިއަކު ވަރަށް ހިތްގައިމު މަންޒަރެއް ޖޯސެފް އުޅޭ ސަރަހައްދުން ފެނިގެން ދެއެވެ. ފެހި ކުލައިގެން ގުރާތަކުން އެ ސަރަހައްދު އެއްކޮށް ފުރާލާފައި އޮންނަ އިރު ޖޯސެފް ހުންނަނީ އެ ގުރާތަކަށް ކާންދިނުމުގައި އަވަދި ނެތިއެވެ.

މީގެ 15 ވަރަކަށް އަހަރު ކުރީން ގުރާތަކަށް ކާންދޭން ޖޯސެފް ފެއްޓީ އެ ގުރާތައް ކާއެއްޗެއްސަށް އެދި އިންސާނުންނަށް އާދޭސްކުރާ މަންޒަރު އިހުސާސް ކުރެވޭތީ ކަމަށް އޭނާ ބުންޏެވެ. އެ ގުރާތަކަށް ކާންދޭން އެސަރަހައްދުގައި އެއްޗެއް ނެތްކަން އެނގުމުން ޖޯސެފް ފުރަތަމަ ދީފައި ވަނީ ހަނޑުލެވެ.

ގަވައިދުން ކޮންމެ ދުވަހަކުވެސް ގުރާތަކަށް ކާން ދިނުމަށް ޖޯސެފް ހަނޑޫދޭއިރު ދުވަހުން ދުވަހަށް އެސަރަހައްދަ ޖަމާވާ ގުރާތަކުގެ ޢަދަދު އިތުރުވަމުން ދިޔަ އެވެ. އަދި ޖޯސެފްގެ ގޭ ދޮށަށް 4،000 ނުވަތަ 5،000 އާއި ގާތްކުރާ ޢަދަދަށް ގުރާ ޖަމާވާކަމަށް އޭނާ ބުނެއެވެ.

ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ޖޯސެފްގެ ގޭގައި ގުރާތަކަށް ކާންދިނުމަށް ހާއްސަކުރެވިފައިވާ ތަނަށް ގުރާތައް ޖަމާވާއިރު އޭނާ ހުންނަނީ ހެނދުނު ހެނދުނާ ކާއެއްޗެސް ތައްޔާރުކޮށްފައި އެވެ.

ގިނަ ޢަދަދެއްގެ ދޫންޏަށް މިގޮތަށް ކާންދިނުމަކީ ބުރަ ކަމަކަށް ވިޔަސް ޖޯސެފް މި މަސައްކަތް ކުރަނީ ވަރަށް ޝައުގުވެރިކަމާއި އެކީކަން ފާހަގަ ކުރެވެއެވެ. ކޮންމެ ދުވަހަކު އޭނާ 55 ޕައުންޑުގެ ހަނޑޫ ގުރާތަކަށް ކާންދެއެވެ.

ފޮޓޯ: ގޫގުލް

ޖޯސެފް ބުނީ އޭނާ ގުރާތަކަށް ވަރަށް ކަމޭހިތާ ކަމަށާއި ގުރާތައް ބަލިވުމުން ނުވަތަ އަނިޔާވުމުން ފަރުވާދޭކަމަށްވެސް އޭނާ ބުންޏެވެ. ޖޯސެފްގެ ކާފަ ކުދިންގެ އެހީތެރިކަމާއި އެކު ގުރާތަކަށް ފަރުވާދިނުމަށް ހާއްސަ ތަނެއްވެސް ޖޯސެފްގެ ގޭގައި ހުރެއެވެ.

ފާއިތުވި 15 އަހަރު އެއްދުވަސްވެސް ވައްޓާނުލައި ގުރާތަކަށް ގަވައިދުން ކާންދީފައިވާ ކަމަށް ޖޯސެފް ވަނީ ބުނެފަ އެވެ. އޭނާ ބުނީ އިންސާނުން ފަދައިން ޖަނަވާރުންވެސް ދުނިޔޭގައި އުޅެން ޖެހޭ ކަމަށެވެ. އަދި އެހެން ޖަނަވާރުންނަށް އަޅާލުމަކީ އިންސާނުން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު