ބަރުދަން ލުއިކުރުމަށް ޗޮކްލެޓް ކެއުމަކީ ކުރީއްސުރެ މީހުން ކުރަމުން އަންނަ ކަމެކެވެ. ދިރާސާތައް ދައްކާ ގޮތުން ޑާކް ޗޮކްލެޓަކީ ބަރުދަން ލުއިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ފަހުގެ ދިރާސާ އަކުން ދައްކާ ގޮތުގައި ޑާކް ޗޮކްލެޓާއި އެއްގޮތަށް ވައިޓް ޗޮކްލެޓަކީވެސް ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާ މީހުންނަށް އެހީތެރިވެދޭ އެކައްޗެވެ.

ފަހުގެ ދިރާސާއަކުން އަކުން ހާމަވެފައިވާ ގޮތުގައި ހެނދުނު ވައިޓް ޗޮކްލެޓް ނުވަތަ މިލްކް ޗޮކްލެޓް ކެއުމުން ބަރުދަން ލުއި ކުރުމަށް އެހީވެއެވެ. އަންހެނުންތަކެއް ބައިވެރިކޮށްގެން ކޮށްފައިވާ މި ދިރާސާއިން ހާމަވި ގޮތުގައި ވައިޓް ޗޮކްލެޓަކީ ހަކުރުގެ މިންވަރުވެސް ހިފަހައްޓައިދޭ އެއްޗެކެވެ.

ފަސެބް ޖާނަލް އިން އާންމުކޮށްފައިވާ މި ދިރާސާ އަކީ ބްރިގަމްގެ ދިރާސާކުރާ މީހުންނާއި ސްޕެއިންގެ ޔުނިވަސިޓީ އޮފް މާސިޔާގެ ތަޖުރިބާކާރުން ގުޅިގެން ކުރިޔަށް ގެންދިޔަ ދިރާސާއެކެވެ. ނަވާރަ އަންހެނުން ބައިވެރިކޮށްގެން ހެދި މި ދިރާސާގައި ކޮންމެ މީހަކަށް ހެނދުނު ހޭލައިގެން ގަޑިއިރެއްގެ ފަހުން 100 ގްރާމުގެ ވައިޓް ޗޮކްލެޓް ދީފައި ވެއެވެ. އަދި ރޭގަނޑު ނިދުމުގެ އެއްގަޑިއިރު ކުރިން 100 ގްރާމުގެ ވައިޓް ޗޮކްލެޓް ދީފައި ވެއެވެ.

މި ދިރާސާގައި ތަޖުރިބާކާރުންނަށް ވަނީ ހަތަރު ކަމެއް ފާހަގަ ކުރެވިފައެވެ.

ވައިޓް ޗޮކްލެޓް ކެއުމުން ބަރުދަން ލުއިކުރުމަށް އެހީވެދޭ ގޮތްތައް:

1. ނިދުމުގެ ކުރިން ވައިޓް ޗޮކްލެޓް ކެއުމުން ބަރުދަން އިތުރުވެފައި ނުވޭ.

2. ހެނދުނުގެ ވަގުތުގައި ނުވަތަ ނިދުމުގެ ކުރިން ވައިޓް ޗޮކްލެޓް ކެއުމުން ނިދުމަށް، ކާހިތްވުމާއި ނުވުމަށް އަސަރުކުރޭ.

3. ހެނދުނު ގިނައިން ޗޮކްލެޓް ކެއުމުން ސަރުބީ ވިރުވުމަށް އެހީވެދޭ، އަދި ލޭގައި ހުންނަ ގްލްކޯޒް ލެވެލް ދަށްކޮށްދޭ.

4. ޗޮކްލެޓް ކެއުމުން ހަރަކާތްތެރިވުމަށް އެހީވެދޭ.

ތަޖުރިބާކާރުން ހާމަކުރާގޮތުގައި ޗޮކްލެޓް ހެނދުނާއި ރޭގަނޑު ނިދުމުގެ ކުރިން ކެއުމުން ހަށިގަނޑަށް ފައިދާވާ ކަމަށެވެ. އަދި ކާހިތްވުމުން ދުރުކޮށްދީ ފޮނިކާއެއްޗެސް ކާހިތްވުމުންވެސް ދުރުކޮށްދޭ ކަމަށް ދިރާސާކުރި ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު