މުޖުމަތަމައުގެ ތެރެއިން ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. މީހަކާ ކައިވެނިކޮށް ދަރިން ލިބޭ ހިސާބުން ހަގީގީ ލޯބިވެރިޔާއާ ދިމާވެ އަނބިމީހާ ނުވަތަ ފިރިމީހާއާ ވަކިވާން ޖެހޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ.

މިފަދަ ހާދިސާއެއް ވަނީ އިންޑިއާގެ އަންހެނަކަށް ވެސް ދިމާވެފައެވެ. ކައިވެނިކޮށްގެން ހަތަރު އަހަރު އެކީގައި އުޅުނު ފިރިމީހާ އޭނާ ދޫކޮށްލީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ސަބަބުންނެވެ.

ކައިވެންޏަށް ހަތަރު އަހަރު ފުރުނު އިރުވެސް ހަނީމޫނަކަށް ދެވިފައި ނެތުމުން މި ދެމަފިރިން އަގުބޮޑު ހޮޓަލެއްގައި ލޯބިން ދުވަސްތަކެއް ހޭދަކޮށްލުމަށް ވަރަށް ފޯރިއާއެކު ތައްޔާރީތައް ވަމުންދިޔައެވެ.

ހޮޓެލްގެ ކޮޓަރިއެއް ބުކްކޮށް ފައިސާ ދައްކަން އޮތް ރޭ ފިރިމީހާގެ މޫނު މަތިން އުފާވެރިކަމުގެ އެއްވެސް އަސަރެއް ފެންނަން ނެތް ކަމަށް އަންހެން މީހާ ނޫހަކަށް ކިޔައިދެމުން ބުނެފައިވެއެވެ.

ފިރިމީހާގެ އާދަޔާ ޚިލާފު ހަރަކާތްތަކުގެ ސަބަބުން ކޮޓަރި ބުކްކުރުމާއި ގުޅޭގޮތުން ސުވާލު ކުރުމުން އޭގެ ޖަވާބުގައި ފިރިމީހާ ބުނެފައިވަނީ އަންހެން މީހާ ވަރިކުރަން ބޭނުންވާ ކަމަށެވެ.

އަންހެން މީހާ ދެކެ މިހާރު ލޯބިނުވާ ކަމަށާއި އެ ކައިވެނި ދެން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދެމީހުން ވަކިވީއެވެ.

އޭގެފަހުން އަންހެން މީހާގެ ރަހުމަތްތެރިންގެ ގުރޫޕުގެ އެންމެން ވެސް ފާޑަކަށް އުޅެން ފެށުމުން ރަނގަޅަށް ކަމުގެ ހަގީގަތް ބެލުމުން އެނގުނީ އަންހެން މީހާގެ ވަރަށް ގާތް ރަހުމަތްތެރިއެއް އޭނާގެ ކުރީގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމެވެ.

އެ ރަހުމަތްތެރިޔާއާ ގުޅައިގެން ވެސް އޭނާގެ ގެއަށާއި އޮފީހަށް ގޮސްގެން ވެސް ދިމައެއް ނުވިއެވެ. ފަހުން އެނގުނު ގޮތުގައި ކުރިން ހަނީމޫނަށް ދާން އުޅުނު ހޮޓަލަށް މި ދެ މީހުން ގޮސްފައިވާ ކަމެވެ.

މި ދަތުރު ނިންމާލާފައި އައިސް އެންމެން ގާތު ބުނެފައިވަނީ އެމީހުން ލޯބީގެ ގުޅުމެއް ފަށާފައިވަނީ ވަރިވުމަށް ފަހުގައި ކަމެވެ. ނަމަވެސް އަންހެން މީހާ އެކަން ގަބޫލެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު