10 އަހަރު ފަގީރުންނަށް ހިލޭ ކާނާ ފޯރުކޮށްދިނުމުގައި ހޭދަކުރި އިންޑިއާގެ މީހަކަށް ޚާއްސަ އެވޯޑެއް ލިބިއްޖެއެވެ. ސައްޔިދު އުސްމާން އަޒްހަރު މަގްސޫސީ ނަމަކަށް ކިޔާ އެ މީހާ އަކީ ހައިދަރްއާބާދް އަށް ނިސްބަތްވާ މުސްލިމް ސޯޝަލް އެކްޓިވިސްޓެކެވެ.

އޭނާ ބުނީ ބަނޑުހައި ހޫނުކަން ކުރިމަތިވަނީ ވަކި ދީނެއްގެ މީހަކު ބެލުމަށް ފަހު ނޫން ކަމަށާ އޭނާ ބަލަނީ އެންމެންނަށް ވެސް ކާންބޯން ފޯރުކޮށްދެވޭތޯ ކަމަށެވެ.

އެގޮތަށް އޭނާ ކޮންމެ ދުވަހަކުވެސް 1500 އެއްހާ މީހުންނަށް ކެއުން ފޯރުކޮށްދެއެވެ. އޭނާ އަށް ލިބުނު އެވޯޑަކީ ފާހަގަކޮށްލެވޭ ދަރުމަވެރިންނަށް ދިން އެވަރޑެކެވެ. އޭނާ ބުނީ 10 އަހަރު ވަންދެން އޭނާ ކުރި މަސައްކަތުން ބައެއް މީހުންގެ ބަނޑުހައިހޫނުކަން ފިލާތީ އެކަމާއި އުފާ ކުރާ ކަމަށެވެ.

"އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަމާއި ރަހުމަތްތެރިން ދޭ އެއްބާރުލުން ފާހަގަކުރަން. އެއީ އަސްލު އަހަރެންގެ މަސައްކަތް ބަލައިގަންނަ މީހުން." އޭނާ ބުންޏެވެ.

އަޒްހަރް ބުނާ ގޮތުން އޭނާވެސް ޅަ އުމުރު ހޭދަ ކުރީ ވަރަށް ދަތި ފަގީރު ހާލުގައެވެ. އެހެންކަމުން ބަނޑުހައިހޫނުކަމަކީ ކިހާ ވޭން ހުރި ކަމެއްކަން ތަސައްވުރުކުރެވޭ ކަމަށް އޭނާ ބުންޏެވެ. އަދި ކޮވިޑް-19 އާއި އެކު ހައިދަރްއާބާދުގެ ބަނޑުހައިހޫނުކަމުގެ މައްސަލަ އިތުރަށް ގޯސްވި ކަމަށް ވެސް އޭނާ ބުނެއެވެ.

މީގެ އަހަރުތަކެއް ކުރިން އަޒްހަރް ވަނީ ދޯ ރޯޓީގެ ނަމުގައި ކެމްޕެއިން އެއް ވެސް ފަށާފައެވެ. އެވެސް ބަނޑުހައި ކަމުގައި ތިބި މީހުންނަށް އެހީވާން ފެށި ކެމްޕެއިންއެކެވެ.

އޭނާ އަށް އެތައް ބައެއްގެ ތައުރީފް ދަނީ ލިބެމުންނެވެ. އޭނާ އަށް ލިބުނު އެވޯޑަކީ އިންޓަރނޭޝަނަލް އެވަރޑެކެވެ. އަޒްހަރު ވަނީ އޭނާގެ މަސައްކަތަކީ އެއްވެސް އެވަރޑެއްގެ އުންމީދުގައި ކުރާ މަސައްކަތްތަކެއް ނޫންކަން ފާހަގަކޮށްފައެވެ. އަދި ގިނަ ބަޔަކު އަޅާލާ ނަމަ އިންޑިއާގެ ފަގީރުކަން ނައްތާލެވޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ﷲތިބާގެ މުދަލުގައި ބަރަކާތްލައްވާށި އަދި ތިބާއަށް ހެޔޮގޮތްމިންވަރުކުރައްވައި މުދާއިތުރުކުރައްވާށި . އާމީން

    7
    1