އަންހެނުންނަށް ވިޔަސް ފިރިހެނުންނަށް ވިޔަސް ކެއުމަށް ސަމާލުކަން ދޭން ވާނެއެވެ. ވަކި ކަހަލަ ކާ އެއްޗެހި ކެއުމާއި ދުރުވުމާއި ވަކި ކަހަލަ ކާއެއްޗެހި ކާން އިސްކަން ދިނުން ވަރަށް މުހިންމެވެ. ކާ އެއްޗިއްސާ މެދު ނިންމާ ނިންމުމަކީ އެ މީހެއްގެ ސިއްހަތަށްޓަކައި ނިންމާ ވަރަށް މުހިންމު ނިންމުމެކެވެ. އަންހެނުން ކެއުން ރަނގަޅު ނޫން ކާނާ ހުންނަކަން އެއީ ގިނަ ބަޔަކަށް އެނގޭ ކަމެކެވެ. ނަމަވެސް ފިރިހެނުން ކެއުން ރަނގަޅު ނޫން ކާނާ ވެސް ހުންނަ ކަން އެއީ ގިނަ ބަޔަކަށް ނޭނގި އޮންނަ ކަމެކެވެ.

ސޯއި ޕްރޮޑަކްޓް:

ސޯއި ޕްރޮޑަކްޓްސްގައި ފިޓޯސްޓްރޮޖެން ހިމެނޭކަން އެނގޭހެއްޔެވެ؟ ފީޓޯސްޓްރޮޖެންސް އަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެއީ ގެއްލުން ދެނެވި އެއްޗެއްހެއްޔެވެ؟ އެއީ އެސްޓްރޮޖެން ކަހަލަ މާއްދާއެކެވެ. އެސްޓްރޮޖެން އަކީ ގަހުގައި ހުންނަ މާއްދާއެކެވެ. ހެލްތް ލައިންގައި ސައިންޓިސްޓުންނާ ހަވާލާދީ ބުނީ އެ މާއްދާއަކީ ފިރިހެނުންގެ ހަށިގަނޑުގައި ހޯމޯނަލް އިމްބެލެންސް އަށް މަގުފަހިކުރާ ކަމެއް ކަަމަށެވެ. ދިރާސާތަކުން ދައްކާގޮތުން ސޯއި ބޭނުން ކުރުމަކީ ޓެސްޓެރޯން ލެވެލް އަށް ވެސް ނޭދެވޭ އަސަރުކުރާ ކަމެކެވެ.

ޕްރޮސެސްޑް މަސް:

ދާދިފަހުން ކުރި ބައެއް ދިރާސާތަކާ ހަވާލާދީ ހެލްތްލައިން އިން ބުނީ ހުރިހާ ބާވަތެއްގެ ޕްރޮސެސްޑް މަހަކީ ވެސް ފިރިހެނުން ކާން ރަނގަޅު ނޫން އެއްޗެހި ކަމަށެވެ. ޕްރޮސެސްޑް މަހުގެ ތެރޭގައި ހިމެނެނީ ކޮން އެއްޗެއް ހެއްޔެވެ؟ އޭގެ ތެރޭގައި ބީފް، ސޮސެޖް އަދި މި ނޫނަސް އެހެން އެއްޗެހި ހިމެނެއެވެ. ޕްރޮސެސްޑް މީޓް ކެއުމަކީ ސްޕާމް ކައުންޓް ދަށްކޮށްލާ ކަމެއް ކަމަށް ހެލްތް ލައިންގައި ވަނީ ބުނެފައެވެ.

ޕެސްޓިސައިޑް އެންޑް ބިސްފެނޮލް:

މިއީ ކާނާ އެއް ނޫނެވެ. ނަމަވެސް މިއީ ތަރުކާރީ އާއި މޭވާގައި ހުންނަ އެއްޗަކަށް ވުމުން އޭގެ އަސަރު ކާނާ އަށް ވެސް ކުރެއެވެ. މިއީ ތަތްނުލަވާ ތަވާ ކަހަލަ އެއްޗެހީގައި ވެސް ހުންނަ މާއްދާތަކެވެ. އަދި ކާނާ ބަންދުކުރަން ބޭނުން ކުރާ އެއްޗެކެވެ. ދިގު މުއްދަތަކަށް މި މާއްދާ ބޭނުން ކުރުމަކީ ވެސް ސްޕާމް ކައުންޓް ދަށްވާ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މހމމ

    ސޯ ބޭސިކަލީ އެވްރިތިންގ ދެޓް އިޒް އެވޭލަބަލް އިން އަވަރ މާކެޓްސް؟ ކޫލް..

  2. ވަޒީރު

    ދިވެހިބަހުން ލިޔެފަ އެކަމް އިންގްލިސް ވަޓް އިޒް ދިސް ؟ ތަރުޖަމާ ވިއްޔާ ދިވެހިންނަށް އެނގޭހެން ލިޔުން ނަމަ ދޯ؟ ރިޔަލީ ޑޯންޓް ނޯ އެނީތިން އިން ދިސް އާޓިކަލް. ސޮރީ

  3. Anonymous

    ސްޕާމް ކައުންޓް ދަށްވާތީކީ ނޫޅެން.