މި އަހަރަކީ ބޮލީވުޑްގެ ސިނަމާތަކަށްވެސް ބާރުބޮޑު އަހަރެއްކަން ފާހަގަ ކުރެވެއެވެ. ފާއިތުވި އަހަރު ފަސްކޮށްފައިވާ ގިނަ ފިލްމުތައް މި އަހަރު ނެރެމުންދާއިރު އަހަރުގެ އެކިހިސާބުތަކުގައި އާ ފިލްމުތައްވެސް ނެރުމަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

މި މަހު ނެރުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ ބައެއް ފިލްމުތައް:

"މިމީ"

މިއީ ލަކްސްމަން ޔުޓޭކަރް ޑައިރެކްޓުކުރާ ފިލްމެކެވެ. ޖުލައި 30 ވަނަ ދުވަހު ރިލީޒް ކުރާ މި ފިލްމު ނެޓްފްލިކްސް އަދި ޖަޔޯ ސިނަމާއިންވެސް ދައްކާނެ އެވެ. މި ފިލްމުގައިފެނިގެންދާނީ ސަރޮގޭޓް މަންމައެއްގެ ހަޔާތުގެ ހިނގާ ކަންކަމެވެ.

"14 ޕޭރޭ"

މިއީ ސޯޝަލް ކޮމެޑީ ފިލްމަކަށްވާއިރު މި ފިލްމުގެ ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގައި އެވެ. މި ފިލްމުގައި ފެނިގެންދާނެ ތަރިންނަކީ ވިކްރަންތްމަސޭ އާއި ކްރިތީ ކަރްބަންދާ އެވެ.

"ހަންގާމާ 2"

ޕްރިޔާދަރްޝަންގެ ހިންދީ ކޮމެޑީ ފިލްމުތަކަކީ ގިނަބަޔަކަށް ކަމުދާ ފިލްމުތަކެކެވެ. ޖުލައި 23 ވަނަ ދުވަހު ނެތޭ މި ފިލްމުގައި ފެނިގެންދާ ތަރިންނަކީ ޕަރޭޝް ރާވަލް،ޝިލްޕާ ޝެޓީ ކުންދްރާ، މީޒާން ޖެފްރީ އަދި ޕްރަނީތާ ސުބާޝް އެވެ.

"ބެލް ބަޓަން"

ބޮލީވުޑްގެ ކުޅަދާނަ ފިލްމީތަރި އަކްޝޭ ކުމާރް ލީޑްރޯލުން ފެނިގެންދާ މި ފިލްމަކީ ސްޕައި ތްރިލާ ފިލްމެކެވެ. މިއީ ކާމިޔާބު ފިލްމަކަށް ވެގެންދާނެ ކަމަށް ބެލެވޭއިރު މި ފިލްމުރިޕީޒް ކުރާނެ ތާރީހެއް ކަމަށް ބެލެވެނީ މިމަހު 23 އެވެ.

ކިޔުންތެރިންގެ ހިޔާލު