އުމުރުން ތިން މަހުގެ ތުއްތު ކުއްޖެއްގެ ގައިގައި އާދަޔާ ހިލާފަށް ބޯ އިސްތަށި ހުރި ކަމަށް މީޑިއާއަކުން ރިޕޯޓް ކޮށްފިއެވެ.

އެމެރިކާގެ ޓެކްސަސް ސިޓީއަށް އުފަން އެ ކުއްޖާގެ މަންމަ، ކެއިޔޯނާ ގަންބްސް ބުނެފައިވަނީ މީލާ ނަމަކަށް ކިޔާ އޭނާގެ ތުއްތު އަންހެން ދަރިފުޅު ވިހެއި އިރު، ބޮލުގައި އެހެން ކުދިންނާ އަޅާބަލާ އިރު، އާދަޔާ ހިލާފަށް އިސްތަށި ގިނަ ކަމަށާއި ދުވަސްތައް ފާއިތުވެގެން އައި އިރު، ގައިގައި ވެސް އިސްތަށި ފަޅަމުން އައި ކަމަށެވެ.

އެގޮތަށް ފަޅާ އިސްތަށި ހުންނަނީ ވަރަށް ބޯކޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެގޮތުން މީލާގެ އުމުރުން ދެ މަހުގައި މުޅި ގައިގެ އެކި ތަންތަނުގައި އިސްތަށި ފަޅާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުއްޖާގެ އަތުގެ އިތުރުން ފަޔާއި މޫނުގައި އިސްތަށި ބޯކޮށް ފަޅާފައި ހުރެއެވެ.

ކެއިޔޯނާ ބުނެފައިވަނީ މީލާ ލައިގެން އޭނާގެ ޖުމްލަ ތިން ކުދިން ތިބޭ ކަމަށާއި އަނެއް ދެ ކުދިންގެ ފަރާތުން އެފަދަ ކަމެއް ނުފެންނަ ކަމަށެވެ. އެހެން ކަމުން އެއީ ހައިރާން ކަމެއް ލިބުނު ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކެއިޔޯނާ ބުނީ، ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އިސްތަށި ހުރުމުގެ ގިނަ ބަޔަކު ސުވާލު ކުރާ ކަމަށެވެ. އަދި ގިނަ ބަޔަކު ކުއްޖާގެ ފޮޓޯ ނަގާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ އެއީ މައްސަލައެއް ނޫން ކަމަށާއި ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމަށެވެ. އެފަދަ ކަމެއް ދިމާވެގެން ކަންބޮޑުވެގެން އުޅޭ ނަމަ، އެކަން ސިއްހީ މާހިރަކަށް އެންގުމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒީވާ

    ރާއްޖެއިންވެސް ތިގޮތަށް އިސްތަށިފަޅާފައި ހުރި ކުއްޖެއް ދުށިން.... ބަޓް ސޭޑްލީ ދެޓް ބޭބީ އިޒް ނޯ މޯ 😢