އެމެރިކާގެ ހަގު ބިލިއަނަރު ކައިލީ ޖެނާގެ ދަރިފުޅު ސްޓޯމީ އޭނާގެ ސިއްރު ބްރޭންޑެއް މާކެޓަށް ނެރުމުގެ މަސައްކަތްް ކުރަމުންދާ ކަން ކައިލީ ޖެނާ ހާަމަކޮށްފިއެވެ.

ކައިލީ ޖެނާ އަކީ އޭނާގެ ދަރިފުޅަށް އާދައިގެ މަޔަކު ނުކުރާނެހާ ގިނަ ހަރަދުތަކެއް ކުރަމުން އަންނަ މީހެކެވެ. ކައިލީއާއި ދަރިފުޅު ސްޓޯމީގެ ކޮންމެ ވާހަކައެއް ވެސް އޭނާގެ ސަޕޯޓަރުން ތިބެނީ އަހާލުމަށް ކެތްމަދުވެފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ކައިލީ ވަނީ އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާންމުންނަށް އިތުރު ބޮޑު ހަބަރެއް ހިއްސާކޮށްފައެވެ.

އެއީ އޭނާގެ އެންމެ އުމުރުން ތިން އަހަރުގެ ދަރިފުޅު ސްޓޯމީ ބްރޭންޑެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަކަމެވެ. ސްޓޯމީއަށްް ހާއްސަ މަސައްކަތްކުރާ ކޮޓަރިއެއް މިހާރުވެސް "ކައިލީ ކޮސްމެޓިކްސް"ގެ އޮފީހުގައި އެބަހުއްޓެވެ.

ކައިލީ ބުނެފައިވާ ގޮތުގައިި ވަރަށް ކައިރި މުސްތަގުބަލެއްގައި ސްޓޯމީގެ ބްރޭންޑް މާކެޓަށް ނެރުމުގެ މަސައްކަތް އަންނަަނީީ ކުރަމުންނެވެ.

"އެއް ދުވަހަކުން އަހަރުމެން އެންމެން ކުޑަކުޑަ ސްޓޯމީގެ ދަށުން މަސައްކަތް ކުރަން ޖެހިދާނެ." ކައިލީީ ބުންޏެވެ.

ކަައިލީގެ މަންމަ ކްރިސް ހާމަކޮށްފައިވާ ގޮތުގައި ގިނަ ދުވަސް ދުވަހު ކައިލީ އޭނާގެ އޮފީހަށްވެސް ދަނީ ސްޓޯމީ ގޮވައިިގެންނެވެ. އަދި އެކަަން ކައިލީއަށް އުނދަގޫ ނޫން ކަމަށާއި، ސްޓޯމީ ގޮވައިގެން އޮފީހަށް ދިއުމަށް ކަައިލީ ލޯބިކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު