އިންޑިއާގެ ފިލްމީ ތަރި އަދި ޑައިރެކްޓަރ މަހޭޝް މަންޖްރޭކަރް ދާދި ފަހުން މި ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ސަލްމާން ޚާންއާ އޮތް ގުޅުމުގެ ވާހަކަ ދައްކާފައެވެ. އަދި އޭނާ މި ވަނީ ސަލްމާން ކައިވެނި ނުކޮށް އުޅޭތީ ވަރަށް އެކަނިވެރި ކަމަށްވެސް ބުނެފައެވެ.

ރޭޑިއޯ އިންޓަވިއުއެއްގައި މަންޖްރޭކަރް ބުނީ، އޭނާ ސަލަމާން ކައިރީގައި ކައިވެނި ކުރާ ވާހަކަދެއްކުމުން އަބަދުވެސް އޭނާގެ އަނގަ ބަންދުކޮށްލާ ކަމަށެވެ. ނަމަވެސް ސަލްމާންގެ ލޮލުން އޭނާ އަކީ ވަރަށް އެކަނިވެރި މީހެއް ކަން އެނގޭ ކަމަށް އޭނާ ބުންޏެވެ. އަދިި އޭނާގެ ގާތުގައި މީހަކު ހުންނަން ޖެހޭ ކަމަށްވެސް މަންޖްރޭކަރް ބުނެފައި ވެއެވެ.

އިތުރަށް ވާހަކަދައްކަމުން މަންޖްރޭކަރް އިތުރަށް ބުނީ، ކާމިޔާބު ހުރިހާ ކަމެއްގެ ފަހަތުގައި ވެސް ސަލްމާން އަކީ އެއް ކޮޓަރީގެ ފްލެޓެއްގައި ދިރިއުޅޭ އާދައިގެ މެދުފަންތީގެ ފިރިހެނެއް ކަމަށެވެ.

އަދި ގިނަ ފަހަރަށް ޑައިރެކްޓަރުންނާއި އެކްޓަރަށް އޭނާގެ ގާތަށް ޒިޔާރަތް ކުރާއިރު އޭނާ ހުންނަނީ އޭނާގެ ކުރަހާ ކޮޓަރީގެ ސޯފާގައި ކަމަށްވެސް ބުންޏެވެ. އަދި ސަލްމާންގެ އާއިލާ އާއި ރަހުމަތްތެރިންގެ ތެރެއިން އެންމެން ވެސް އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށް ބުންޏެވެ. ނަމަވެސް އޭނާގެ ގާތުގައި އެ މީހުން އުޅެފައި ދާއިރު، އޭނާ ވަރަށް އެކެނިވެރިވާ ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން ސަލްމާން އަވަހަށް ކައިވެނި ކުރަން ޖެހޭ ކަމަށް މަންޖްރޭކަރް ބުނެފައި ވެއެެވެ.

ސަލްމާން ވަނީ އެތައް ބަޔަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. އެކަމަކު އެކަމަށް އޭނާ އެއްބަހެއް ނުވެއެވެ. އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވަނީ ލޫލިއާ ވަންތޫރް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާގަރި

    ދެން ދަގާ އެކަނި ފިލުވާދެން

  2. ޜަނާ

    މަންމައާ ބައްޕައާ އެކުގައެއްނު އުޅެނީ ދެން ކީއްވެ އެކަނިވެރި ވާންވީ އަދި ސަލްމާން ގޭގަ ވަންތޫރުވެސް އުޅޭނު
    ޢެކަނި ފިލުވަދޭން. ޙުރިހާ ތަނަކަށް ދާއިރުވެސް ދަނީ ގޮވައިގެން. ޙިިޔަނި ހެން ހުންނަނީ އެކުގަ.