ބޮލީވުޑުގެ މެގަ ސްޓަރ ޝާހުރުކް ޚާންގެ ފަރާތުން ފާއިތުވި 20 އަހަރު ތެރޭގައި ފެނިފައި ނުވާ ކަމެއް މި އަހަރު ފެނިއްޖެއެވެ. މިކަން ވެގެން ދިޔައީ ޝާހުރުކް ޚާންގެ ސަޕޯޓަރުން ރޮއްވާލި ކަމަކަށެވެ.

2001 ވަނަ އަހަރުން ފެށިގެން ޝާހުރުކް ޚާނަކީ އޭނާގެ އުފަންދުވަހު، ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު، އޭނާގެ ގޭގެ ބެލްކަނިން، ސަޕޯޓަރުންނާއި ބައްދަލު ކުރާ މީހެކެވެ.

ފާއިތުވި 20 އަހަރު ޝާހްރުޖް ޚާން ވަނީ މިކަން ކޮށްފައެވެ. އަދި މިއީ ޝާހުރުކް ޚާނުގެ ސަޕޯޓަރުން ކޮންމެ އަހަރަކު ވެސް އެންމެ އިންތިޒާރުކުރާ ވަގުތުކޮޅެވެ.

ޝާހުގެ އުފަންދުވަހު ބެލްކަންޏަށް ނިކުމެ ހުރިހާ ސަޕޯޓަރުންނަށް އަތް ހޫރުވާލާ، އޭގެއިތުރުން އޭނާގެ ސިގްނެޗަރ ސްޓެޕް ބެލުންތެރިންނަށް ދައްކުވައިދެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޝާހުގެ ސަޕޯޓަރުން މި ހާއްސަ ވަގުތަށް އިންތިޒާރު ކުރި ނަމަވެސް މި އަހަރު އޭނާގެ ގޭގެ ބެލްކަނިން ސަޕޯޓަރުންނާއި ބައްދަލެއް ނުކުރެވެ. 20 އަހަރުވަންދެން އާދައެއްގެ މަތިން ކުރަމުން އައި ކަންތައް މެދުކެނޑުނީއެވެ.

ޝާހުރުކް ޚާން މި އަހަރު އޭނާގެ އުފަންދުވަހު ކުލަގަދަކޮށް ފާހަގަ ކުރަން ބޭނުން ނުވަނީ އޭނާގެ ދަރިފުޅު އާރްޔަން ޚާންގެ ސަބަބުންނެވެ.

އާރްޔަން ވަނީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ހައްޔަރު ކުރުމަށް 30 ވަނަ ދުވަހު ގެޔަށް ފޮނުވާލާފައެވެ.

އެކަމުގެ ސަބަބުން ޝާހު ވަނީ އޭނާގެ ފިލުމު ''ޕަތަން'' ގެ ޝޫޓިން ވެސް މެދު ކަނޑާލާފައެވެ. އަދި މި އަހަރުގެ އުފަންދުވަސް ވެސް ކުލަގަދަކޮށް ފާހަގައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާލުފޮޅި

    ލަދުން ނުކެރޭނެދޯ މީހުން ފެންނަ ހިސާބަށް ދާންވެސް .. މިއޮއް ހުރިހާ ދުވަހު އުޅުނީ ދަރިން ކުރާ ކަންތައް ސިއްރުކޮށްގެން ... ފަޅާއެރީމަ ކުރާނެކަމެއް ނެތް