އިސްލާމް ދީނަށްޓަކައި ފިލުމީ ދުނިޔެ ދޫކޮށްފައިވާ ސަނާ ޚާން އޭނާގެ ފިރިމީހާ އަނަސް ސައްޔިދުއާއި އެކު ޢުމުރާގެ މަތިވެރި އަޅުކަމުގެ ދަތުރު ފަށައިފިއެވެ.

ޢުމުރާއަށް ތައްޔާރުވެ ސަނާއާއި އަނަސް ނަގާފައިވާ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ސަނާ ބުނެފައިވަނީ މިއީ ކައިވެނީގެ ފަހުން ކުރެވޭ އެންމެ ރިވެތި އަދި އެންމެ ބޮޑު ދަތުރު ކަމަށެވެ. އަދި މިއީ ކިހައި އުފާވެރި ވަގުތަކަށް ވެގެންދާނެ ވަގުތުތަކެއް ކަމަށް ވެސް ސަނާ ބުނެފައިވެއެވެ.

މި ޕޯސްޓަށް ކޮމެންޓް ކޮށްފައިވާ އެތައް ބަޔަކު ވަނީ ސަނާ ޚާން އާއި އަނަސްއަށް މަބުރޫކު ޢުމުރާއަކަށް އެދިފައެވެ.

ސަނާއާއި އަނަސް ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި މި އަހަރު ކައިވެންޏަށް އަހަރު ފުރުމުގެ މުނާސަބަތުގައި ސަނާ ކޮށްފައިވާ ޕޯސްޓުގައި އެ ދެމަފިރިންގެ ފަހަތުން ފެންނަން އޮތް މާތް ބިމަށް ވަރަށް އަވަހަށް ދެވޭނެ ކަމުގެ އުއްމީދުގައި ހުރި ސަނާއަށް މިއަދު އެ މަގު މިވަނީ ތަނަވަސްވެފައެވެ.

މި ޕޯސްޓު ހިއްސާކޮށް ސަނާ ބުނެފައިވަނީ މާތް ﷲ ގެ މަގުގައި ސާބިތުވެ ހުރުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާ އަނަސް ކަމަށެވެ.

ސަނާއާއި އަނަސްއަކީ އިންސްޓަގުރާމުގައި ''ކަޕްލް ގޯލްސް'' ގެ އިސްލާމީ ރިވެތި ނަމޫނާ ތަކެއް ދައްކުވައިދީފައެވެ.

ސަނާއާއި އަނަސް ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ޗުއްޓީ ހޭދަ ކޮށްލަން ރާއްޖެ އައެވެ. މި ދަތުރުގެ ހިތްގައިމު ފޮޓޯތައް ސަނާ ޚާންގެ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހހ

    މާޝާﷲ

    52
    1
  2. ހޭޓް

    ކުޑަކޮށް އާދަމް ނަވާޒް އާ ވައްތަރު ގޮތެއް އެބަހުރި ދޯ މިގޮލާ

    13
    8
    • ހެހެ

      މަގޭ ކަޒިން އިއްބެއާ ވައްތަރީ.

      9
      8
    • އަރޫޝް

      ބޮޑަށް ވައްތަރީ ތިނަދޫގައި އުޅޭ ވައްހާބީންނާއި

  3. ހުސޭނުބެ

    މިވެސް ހަބަރެކޯ

    4
    4
    • ދެރަ

      މީހަކު ފިލްމުކުޅެ ﷲ ނަހީކުރެއްވި ކަމަކުން ދުރުހެލިވެ އިސްލާހުގެ މަގަށް ރުޖޫޢަ ވުމަކީ މިވެސް ހަބަރެއްހޭ ކިޔައި މަލާމާތް ކުރަންވީ ވަރުގެ ކަމެއްތޯ؟؟ ވިސްނާލުން ބުއްދިވެރި މައި ބުރަދާރ..