ބޮލީވުޑު ފަންނާނުންގެ ތެރެއިން އެންމެ ހާމަކޮށް ބޮޑުކޮށް ވާހަކަ ދައްކާ އެއް ފަންނާނަކީ ސާރާ ޢަލީ ޚާނެވެ. ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތައް ޝޯތަކުގައާއި ޕަޕަރާޒީންނާ ހިއްސާކުރާ ސަކަ މިޒާޖުގެ ސާރާ ވަނީ އަނެއްކާ ވެސް މަޖާ ވާހަކައެއް ހިއްސާ ކޮށްފިއެވެ.

އެގޮތުން ދާދި ފަހުން ސާރާ މިހާރު މަސައްކަތް ކުރަމުންދާ ފިލުމު ''އަތުރަންގީ ރޭ'' ގެ ޕްރޮމޯޝަން ކަޕިލް ޝަރުމާ ޝޯގައި އޭނާ ވަނީ ފިލުމު ޕްރޮޑިއުސަރ އާނަންދު އެލް ރާއީއާއި އެކްޓަރ އަކްޝޭ ކުމާރާއި އެކު ބައިވެރިވެފައެވެ. މި ޝޯގައި ސާރާ މީގެ ކުރިން ބުނެނުދޭ ވާހަކައެއް ހިއްސާ ކޮށްފައިވެއެވެ.

އެ ޝޯގައި ސާރާ ވަނީ މަންމައަށް ދޮގު ހެދިކަމާއި އެކަން ފަޅާއެރިގޮތް ކިޔައިދީފައެވެ.

''އެއްފަހަރު އަހަރެން މަންމައަށް ދޮގުހެދިން. އަހަރެން މަންމަ ގާތު ބުނިން މިހުރީ އަވައްޓެރިއެއްގެ ގޭގައޭ. އެކަމަކު އަހަރެން ދިޔައީ ލޯކަލް ޓްރެއިންއެއްގައި އެލްފިންސްޓޯން މަގަށް. އަނެއް ދުވަހު ހެނދުނު މަންމަ ގުޅާފަ އެހީ ކޮންތާކު ތޯ އިއްޔެ އުޅުނީ. އަހަރެން ދޮގު ހަދާފަ ބުނީ އަވައްޓެރިއާގެ ގޭގައޭ'' ސާރާ ކިޔައިދިނެވެ.

ނަމަވެސް އަމްރިތާ ގުޅުމުގެ ކުރިން ނޫސްވެރިއަކު ގުޅާފަ އެ ހުރިހާ ވާހަކައެއް ވަނީ ކިޔައިދީފައެވެ.

''މަންމައަށް ނޫސްވެރިއަކު ގުޅައިފަ ބުނީ ހާދަ ރަނގަޅަކަށޭ އަހަރެން ތަރުބިއްޔަތު ކުރީ. އަހަރެން ދަތުރު ކުރަނީ ވެސް ލޯކަލް ޓްރެއިންގައޭ'' ސާރާ ކިޔައިދިނެވެ.

އޭގެ ފަހުން ދުވަހަކު ވެސް މަންމައަށް ދޮގު ނުހަދާ ކަމަށް އޭނާ ބުންޏެވެ. އަދި އަބަދުވެސް ދާ ތަންތަނާއި ކުރާ ކަންތައްތައް މަންމައަށް ތެދަށް ކިޔައިދޭ ކަމަށް ވެސް ސާރާ ބުނެފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙައްވާދިއެ ގެ ޝިއު

    މިހިންދީންގެ ހަބަރު ގެނެސްދޭން ނޫސްވެރިންވެސް ހާދަފޯރިއެއް ހުރެއޭ. ޢިންޑިއާ އައުޓު.