ބޮލީވުޑު ފިލުމު އިންޑަސްޓްރީގެ ބައެއް ފަންނާނުންނަކީ ރީތީގެ ރާނީންގެ ލަގަބު ލިބިފައިވާ ފަންނާނުންނެވެ. މީގެތެރެއިން ބައެއް ފަންނާނުންނަކީ މި ލަގަބަށް ފަހު އެކްޓިން ދާއިރާއާއި ގުޅިފައިވާ ފަންނާނުންނެވެ.

ރީތީގެ ރާނީގެ ލަގަބާއި އެކު އެކްޓިންގެ ދާއިރާއާއި ގުޅުނު ބައެއް ފަންނާނުންނަކީ:

ނުތަން ސަމާތު ބެލް

ނުތަންއަކީ 1952 ވަނަ އަހަރުގެ ''މިސް ޔުނިވާސް'' ގެ ލަގަބު ހާސިލު ކޮށްފައިވާ ފަންނާނެކެވެ. މީގެއިތުރުން ނެށުމުން ވެސް ފާހަގަ ކޮށްލެވޭ ލަގަބަކާއި އެކު ފެށުނު އެކްޓިންގެ ކެރިއަރ އިން ފިލުމު ފެއަރ 5 އެވޯޑެއް ހާސިލު ކޮށްފައިވެއެވެ.

މިނާކްޝީ ސެޝާދުރީ

މިނާކްޝީއަކީ 1981 ވަނަ އަހަރުގެ ''މިސް އިންޑިޔާ'' ގެ ލަގަބު ހާސިލު ކޮށްފައިވާ ފަންނާނެކެވެ. އުމުރުން 17 އަހަރުގައި ލިބުނު މި ލަގަބާއި އެކު ބޮލީވުޑު ފިލުމު އިންޑަސްޓްރީއާއި ގުޅުމުގެ ދޮރުތައް ހުޅުވުނެވެ. އަދި ވަނީ ބެލުންތެރިނަށް މަގުބޫލު އެތައް ފިލުމުތަކެއް ކުޅެފައެވެ.

އައިޝްވާރިޔާ ރާއީ ބައްޗަން

އައިޝްވާރިއާއަކީ 1994 ވަނަ އަހަރުގެ ''މިސް ވާރލްޑް'' ގެ ލަގަބު ހޯދާފައިވާ ފަންނާނެކެވެ. އެއާއި އެކު އައިޝްވާރިޔާގެ މަގުބޫލުކަން އިތުރުވެފައިވެއެވެ. އެއަށްފަހު ބޮލީވުޑު އިންޑަސްޓްރީއާއި ގުޅުނު އައިޝްވާރިޔާއަކީ މިއަދާއި ހަމައަށް ވެސް ބޮލީވުޑުގައި އަދި ހޮލީވުޑުގައި ވެސް ފާހަގަ ކޮށްލެވޭ ނަމެކެވެ.

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް

ޕްރިޔަންކާއަކީ 2000 ވަނަ އަހަރުގެ ''މިސް ވާރލްޑް'' ގެ ލަގަބު ހާސިލު ކޮށްފައިވާ ފަންނާނެކެވެ. އެއާއި އެކު ފިލުމީ ކެރިއަރގެ މަސައްކަތްތައް ފަށާފައިވާ ޕްރިޔަންކާއަކީ މިއަދު ބޮލީވުޑުގެ އިތުރުން ހޮލީވުޑުގެ ވެސް ކާމިޔާބު އެކްޓްރެސްއެކެވެ.

މީގެއިތުރުން މި އަހަރުގެ ''މިސް ޔުނިވާސް'' ގެ ލަގަބު ހޯދާފައިވާ ހަރުނާޒް ސާންދޫ ވެސް ވަނީ ބޮލީވުޑު ފިލުމު އިންޑަސްޓްރީއަށް ވަންނަ ބޭނުންވާ ކަމުގެ ވާހަކަތައް ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިންސާފް

    ކޮބާ 1984 ވަނަ އަހަރު މިސް އިންޑިއާ އަކަށް ހޮވުނު އަދި ހަމަ އެ އަހަރު މިސް ޔުނިވާސްގައި ވާދަކޮށް ބެސްޓް ތްރެޑިޝަނަލް ކޮސްޓިއުމް ކެޓެގަރީ އިން އެއްވަނަ އަށް ދިޔަ ބޮލީވުޑްގެ ރާނީ ޖޫހީ ޗާވްލާ؟

  2. އަހުމަދު

    ސުސްމިތާ ސެން އާއި ލާރާ ދައްތާ ނުހިމެނީ ކީއްވެ؟

  3. ސަމާސާ

    ކޮބާ ލާރާ، ޝުޝްމީތާ، އަންކެހލް، ސިމާބިންދި،

  4. އަލީ

    ކޮބާ ސުޝްމީތާ ސެން

  5. އަހުމަދު

    ކޮބާ މަ ފޮނުވި ކޮމެންޓް ކީއްވެ ނުޖެހީ؟