ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި މިހާރު އެންމެ ކާމިޔާބު އަދި އެންމެ ގިނަ ފިލުމެއް އުފައްދަމުން ދަނީ މީހުންގެ ހަޔާތުގެ މައްޗަށް ބިނާ ކޮށެވެ. ފިލުމީ ފަންނާނުންގެ އިތުރުން ކުޅިވަރު ދާއިރާއާއި ގައުމަށްޓަކައި ހަނގުރާމަ ކޮށްފައިވާ މުހިންމު ޝަހުސިއްޔަތު ތަކުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލުމުތަކުގެ ތެރެއަށް ފިލުމެއް އިތުރުވީއެވެ.

މި ފަހަރުގެ ބަޔޮޕިކް ހާއްސަ ކުރެވިފައިވަނީ ވެޓަރެކް އެކްޓަރ ރާޖޭޝް ކަންނާގެ ހަޔާތަށެވެ. މި ފިލުމު ޑައިރެކްޓް ކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ޑައިރެކްޓަރ ފަރަހް ޚާންއެވެ.

އިންޑިއަން ފިލުމު އިންޑަސްޓްރީގެ ފުރަތަމަ ސްޓަރ ރާޖޭޝް ކަންނާއަކީ ބެލުންތެރިންނާއި ހަމައަށް މަގުބޫލު ފިލުމުތަކެއް ގެނެސްދީފައިވާ ފަންނާނެކެވެ. ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި ''ސްޕަރ ސްޓަރ'' ގެ ނަން ވެސް ފުރަތަމަ ގެނެވިފައިވަނީ ރާޖޭޝް ކަންނާއަށް ހާއްސަ ކުރެވިގެންނެވެ.

ގޯތަމް ޗިމްތަމާނީ ލިޔެފައިވާ ''ދި ލޯންލިނަސް އޮފް ބިން ރާޖޭޝް ކަންނާ'' މި ފޮތުގެ ރައިޓްސް ޕްރޮޑިއުސަރ ނިކިލް ވިވޭދީ ވަނީ ގަނެފައެވެ. އަދި އެ ވާހަކައިގެ މައްޗަށް ބިނާކޮށް ފިލުމެއް ތައްޔާރު ކުރަން އުޅޭ ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

ޑައިރެކްޓަރ ފަހަރް ޚާން ވެސް ގޯތަމްގެ މި ފޮތް ކިޔާފައިވާ ކަމަށާއި މި ވާހަކަ ޑައިރެކްޓް ކުރުމުގެ ޝައުގުވެރިކަން އޮތްކަމަށާއި ނިކިލްއާއި އެކު ވާހަކަ ދައްކަމުންދާ ކަމަށް ވެސް ފަރަހް ޚާން ވަނީ ބުނެފައެވެ.

ރާޖޭޝް ކަންނާއަކީ ޑިމްޕަލް ކަބާޑިއާގެ ފިރިމީހާއެވެ. އަދި ކުރީގެ އެކްޓަރ މިހާރުގެ ލިޔުންތެރިޔާ ޓުވިންކަލް ކަންނާގެ ބައްޕައެވެ.

ކިޔުންތެރިންގެ ހިޔާލު