1990ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި އެންމެ ފާހަގަ ކޮށްލެވޭ ބަތަލާ ކަރިޝްމާ ކަޕޫރަށް ލޯބިވެރިއަކަށް ވުރެ ބިރިޔާނީ މުހިންމުވި ވާހަކަ މި ވަނީ ގިނަބައެއްގެ ސަމާލުކަން ހޯދާފައެވެ.

މީސް މީޑިޔާގައި ހަރަކާތްތެރި ކަރިޝްމާ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ ލޯބިވެރިއެއްގެ ކަންތައްތައް ނުކުރާ ކަމަށާއި އޭނާ ކުރާ ކަމަކީ ބިރިޔާނި ކެއުން ކަމަށެވެ.

ކަޅުކުލައިގެ ޓީޝާޓަކާއި އެކު ކަޅު ތޮތްޕެއް އަޅައިގެން ބިރިޔާނި ތަށްޓެއް ހިފައިގެން އިށީނދެލައިގެން އިނދެ ސަމުސަލަކުން ބިރިޔާނި ކައި ދެ ފޮޓޯއެއް ކަރިޝްމާ ހިއްސާ ކޮށްފައިވެއެވެ.

ގިނަ ބަޔަކަށް ކަމުދިޔަ މި ޕޯސްޓަށް ކޮމެންޓް ކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ކަރިޝްމާއަށް ލޯބިވެރިއަކީ ވެސް ބިރިޔާނި ކަމަށެވެ.

ކަރިޝްމާ ފަދަ ބިރިޔާނި ކާހިތްވާ މީހަކަށް ބިރިޔާނި ކެއުމުން ލިބޭ ހިތްހަމަ ޖެހުން އެނގޭނެ ކަމަށް ވެސް ކޮމެންޓެއްގައި ވެއެވެ.

މި ޕޯސްޓުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ކަރިޝްމާ ސަމުސަލަކުން ބިރިޔާނި ކާން އިނުމެވެ. ގިނަ ފަރާތްތަކުން ކޮމެންޓުގައި ލިޔެފައިވަނީ ބިރިޔާނި އަދި އެންމެ މީރުވާނީ ސަމުސަލަށް ވުރެ، އަތުން ކެއީމަ ކަމަށެވެ.

ކަރިޝްމާއާއި އޭނާގެ ކޮއްކޮ، ބަތަލާ ކަރީނާ ކަޕޫރު ޚާނަކީ ކެއުމަށް ޝައުގުވެރިކަން ހުންނަ ބައެއްކަން އެމީހުންގެ މީސް މީޑިޔާ އެކައުންޓު ތަކުން ވެސް ދޭހަކޮށްދެއެވެ.

ކަރިޝްމާއަކީ ފިލުމު އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. ކަރިޝްމާ އެންމެ ބޮޑަށް ފާހަގަ ކޮށްލެވިފައިވަނީ ނެށުމާއި ތަފާތު ވައްތަރުގެ ހެދުން އެޅުމުގައެވެ.

ކަރިޝްމާ ކުޅެފައިވާ ފިލުމު ތަކުގެ ތެރޭގައި ހިމެނެނީ ''ދިލް ތޮ ޕާގަލް ހޭ''، ''ޖުޑްވާ''، ''ބީވީ ނަންބަރު 1'' ފަދަ ފިލުމު ތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ﷲގެ އަޅާ

    ކައިފަ ބަހައްޓާ . ދުވަހެއް އެބަ އާދޭ . ތިހެން އުޅެގެން އެދުވަހަކުން ފެން ފޮދެއްވެސް ނުލިބޭނެ.
    ޔާﷲ ތެދު މަގު ދައްކަވާށި. އާމީން !

    3
    1