ބޮލީވުޑު އިންޑަސްޓްރީގެ އެންމެ ފާހަގަ ކޮށްލެވޭ އެއް އެކްޓަރ ދަރުމެންދުރަގެ ގޭގައި ކައްކަން އުޅޭ މީހާގެ އަންހެން ދަރިފުޅުގެ ފޮޓޯއެއް ހިއްސާކުރުމުން ސަޕޯޓަރުންގެ ހިތުގައި ދަރުމެންދުރައަށް އޮތް ލޯބި އިތުރުވެއްޖެއެވެ.

މީސް މީޑިޔާގައި ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ސަޕޯޓަރުންނާއި ހިއްސާ ކުރަމުންދާ ދަރުމެންދުރަ ދާދި ފަހުން އޭނާގެ ޓުވިޓާ އެކައުންޓުގައި އެ ގޭގެ ކައްކާ މީހާގެ ދަރިއެއްގެ ޕޯސްޓެއް ހިއްސާކޮށް ބުނެފައިވަނީ އެއީ އޭނާގެ ''ޑާލިން ޑޯލް'' ކަމަށެވެ.

ދަރުމެންދުރަގެ ފާމްހައުސްގެ ހިތްގައިމުކަން ފެންނަ ގޮތަށް ފޮޓޯއަަށް ހުއްޓިލައިގެން ހުރި ކުޑަ އަންހެން ކުއްޖެއްގެ ފޮޓޯ ހިއްސާކޮށް ބުނެފައިވަނީ އެ ކުއްޖާގެ ނަމަކީ އާދިތީ ކަމަށާއި އެއީ އޭނާގެ ''ޑާލިން ޑޯލް'' ކަމަށެވެ. އަދި އެއީ އޭނާގެ ކައްކާގެ އަންހެން ދަރިފުޅު ކަމަށާއި އެ ފޮޓޯ ނަގާފައި ވަނީ އޭނާގެ ފާމްހައުސްގައި ކަމަށް ވެސް ބުނެފައިވެއެވެ.

ދަރުމެންދުރަގެ މި ޕޯސްޓާއި އެކު އޭނާގެ ސަޕޯޓަރުންގެ ލޯބި އިތުރުވެގެން ދިޔައެވެ. އެންމެންނަށް އަޅާލާތީ އެކަމާ ޝުކުރުވެރިވާ ކަމަށާއި ދަރުމެންދުރަ ނަމޫނާއެއް ކަމުގައި ދެކޭ ކަމަށް ވެސް އެއް ފަރާތުން ކޮމެންޓް ކޮށްފައިވެއެވެ.

އޭނާއަކީ ހިތްހެޔޮ އިންސާނެއް ކަމަށް އެއްބަޔަކު ބުނެފައި ވެއެވެ. އަދި ވަރަށް ރަނގަޅު މީހެއް ކަމަށް ބުނެ ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވެއެވެ.

ދަރަމްގެ ހިތްހެޔޮ ކަމާއި މެދު މީގެކުރިން ވެސް އެތައް ފަހަރެއްގެ މަތިން މީހުން ވަނީ ވާހަކަ ދައްކާފައެވެ. ކޮވިޑްގެ ސަބަބުން އިންޑިޔާ ފުރަބަންދު ކުރުމުން ވެސް ދަރަމްގެ ފާމް ހައުސްގައި ދަނޑުވެރިކަންކޮށް ވަނީ އެތައް އާއިލާއަކަށް އެހީތެރިވެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެހެން އިންސާނުންނާއި މެދު ރަޙުމެއް ކުލުނެއް ނުހުންނަ މުޖްތަމަޢެއްގައި ތިޔަފަދަ ކަމެއް ވީމަ ހީވާނީ އެއީ ލައްކަ އެކޭ، އެކޭ އެކަމަކު އިސްލާމީ މުޖުތަމަޢެއްގައި ޚިދުމަތްތެރިންނަކީ، ވަރަށް ޤަދަރާއި އިޙްތިރާމް ލިބިގެންވާ، ލިބެން ޖެހޭ ބައެށް.

    7
    2
  2. ތިނަދޫ ކޮއްޔަ

    އެހެން އިންސާނުންނާއި މެދު ރަޙުމެއް ކުލުނެއް ނުހުންނަ މުޖްތަމަޢެއްގައި ތިޔަފަދަ ކަމެއް ވީމަ ހީވާނީ އެއީ ލައްކަ އެކޭ، އެކޭ އެކަމަކު އިސްލާމީ މުޖުތަމަޢެއްގައި ޚިދުމަތްތެރިންނަކީ، ވަރަށް ޤަދަރާއި އިޙްތިރާމް ލިބިގެންވާ، ލިބެން ޖެހޭ ބައެށް.

    1
    1