މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ބޮލީވުޑުގެ ސްޕަރ ސްޓަރ ސަލްމާން ޚާންގެ 56 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފައެވެ.

އެދުވަހު މީސް މީޑިޔާގައި ސަލްމާނުގެ އުފަންދުވަހަށް ހާއްސަކޮށްގެން ގިނަ ޕޯސްޓުތަކެއް ކޮށްފައިވެއެވެ. ބޮލީވުޑު ފަންނާނުން އިތުރުން ސަލްމާންގެ ސަޕޯޓަރުން ވެސް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވެއެވެ.

އުފަންދުވަހުގެ ތަހުނިޔާގެ އިތުރުން ސަލްމާނަށް ވަނީ އަގުބޮޑު އެތައް ހަދިޔާއެއް ލިބިފައެވެ.

އެގޮތުން ކެޓްރީނާ ކައިފްގެ ފަރާތުން އުފަންދުވަހުގެ ހަދިޔާއަކަށް ސަލްމާނަށް ލިބިފައިވަނީ ތިން ލައްކަ އިންޑިއަން ރުޕީސްގެ ރަން އަތުގަ އަޅާއެއްޗެކެވެ. ޖެކުއެލިން ދީފައިވަނީ 12 ލައްކަ އިންޑިއަން ރުޕީސްގެ އަގުބޮޑު ގަޑިއެކެވެ.

ސަލްމާންގެ ގާތް އެކުވެރިޔާ ސަންޖޭ ދަތު ދީފައިވަނީ އަގުބޮޑު ޑައިމަންޑް އަތުގަ އަޅާ އެއްޗެކެވެ. އަނިލް ކަޕޫރު ދީފައިވަނީ 29 ލައްކަ އިންޑިއަން ރުޕީސްގެ ލެދަރ ޖެކެޓެކެވެ. ޝިލްޕާ ޝެޓީ ދީފައިވަނީ 17 ލައްކަ ރުޕީސްގެ އަގުބޮޑު ޑައިމަންޑް އަތުގަ އަޅާ އެއްޗެކެވެ.

އާއިލާގެ ފަރާތުން ވެސް ސަލްމާނަށް ވަނީ އަގުބޮޑު ހަދިޔާތަކެއް ލިބިފައެވެ. ސަލްމާންގެ އަންހެން ކޮއްކޮ އަރްޕިތާ ދީފައިވަނީ 17 ލައްކަ ރުޕީސްގެ ރޮލެކްސް ގަޑިއެކެވެ. ސޮހެއިލްއާއި އަރުބާޒު ޚާން ދީފައިވަނީ ބީއެމްޑަބްލިޔު ކާރަކާއި އޯޑި ކާރެކެވެ.

އަރްޕިތާގެ ފިރިމީހާ އަޔުޝް ދީފައިވަނީ 75،000 ރުޕީސްގެ އަގުބޮޑު ރަން ފަށެކެވެ. ސަލްމާންގެ ބައްޕަ ސަލީމް ޚާން ދީފައިވަނީ ޖޫހޫއިން 13 ކްރޯރްގެ އަގުބޮޑު ފުލެޓެކެވެ.

ސަލްމާންގެ އުފަންދުވަހު ޕާޓީ ބާއްވާފައިވަނީ އޭނާގެ ފާރމް ހައުސްގައެވެ. މި ޕާޓީގައި ސަލްމާންގެ އާއިލާގެ އިތުރުން ބޮލީވުޑުގެ ބައެއް ފަންނާނުންނާއި ސަލްމާންގެ ރަހުމަތްތެރިން ބައިވެރިވެފައިވެއެވެ.