ހިންދީ ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުން އަންނަ މަޝްހޫރު ލަވަކިއުންތެރިޔާ ނެހާ ކައްކު ފަލަކަމުން ގިނަ އަދަދެއްގެ ބަޔަކު އޭނާ އަށް މަލާމަތް ކުރަން ފަށައިފިއެވެ.

ނެހާ ކައްކަރު އާއި ރޯހަންޕްރީގެ ކައިވެންޏަށް ފަހު އޭނާ ފަލަވަމުން ދިއުމާ ގުޅިގެން ގިނަ ބަޔަކު ގަބޫލު ކުރަމުން ގޮސްފައިވަނީ ނެހާ ބަނޑު ބޮޑު ވެގެން އުޅޭ ކަމަށެވެ. މިވާހަކަތައް މާގިނައިން ދެކެވިގެންދާން ފެށުމާއެކު ނެހާއާއި އޭނާގެ ފިރިމީހާ އަދި އާއިލާއިން ވަނީ ވީޑިއޯއެއް މެދުވެރިކޮށް ނެހާ ބަނޑުބޮޑު ކަމަށް ފެތުރެމުންދާ ދޮގު ހަބަރާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.

ނިމިގެން ދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ނެހާއާއި އޭނާގެ ފިރިމީހާއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބެން އުޅޭ ކަމުގެ ވާހަކަތައްވެސް މީސްމީޑިއާގައި ފެންމަތިވެގެން ގޮސްފައިވެއެވެ. އެކަމަށްވެސް ބިނާކޮށް ވީޑިއޯ މެދުވެރިކޮށް ނެހާ ބުނެފައިވަނީ އޭނާ ބަނޑުބޮޑެއް ނޫން ކަމަށާއި އޭނާ މާ ބޮނޑަށް ފަލަވެ ބަނޑުގައި މަސް ޖަހައިގެން އުޅެނީ ކަމަށެވެ.

ގޯއާގައި އޮތް ކޮންސެޓެއް ނިންމާލުމަށްފަހު ނެހާ އެނބުރި އައިސް މުމްބައި އެއާޕޯޓްގައި އޭނާގެ ފިރިމީހާއާއި އެކު ފެނިގެން ގޮސްފައިވެއެވެ. އެއާޕޯޓްގައި ނަގާފައިވާ ފޮޓޯތަކުގައި ނެހާ ފެނިގެން ގޮސްފައިވަނީ މަޑު ނޫކުލައަކަށްދާ ދާކަހަލަ ދޫ ހެދުމެއް ލައިގެން ހުއްޓައެވެ. މީސްމީޑިއާގައި ދައުރުވުމުން ދިޔަ މި ފޮޓޯތަކަށް ކޮމެންޓު ކުރި ގިނަ ބަޔަކު ނެހާ ފަލަކަމުން ފާޑު ކިޔައި ކޮމެންޓު ލިބިފައިވެއެވެ.

ފޮތޯތަކުން ފެންނަ ގޮތުގައި ނެހާ ކޮންމެވެސް ވަރަށް ފަލަވެ ބަރުދަން އިތުރު ވެގެން ގޮސްފައިވާކަން ފާހަގަ ވެގެން ދާނެއެވެ. ނަމަވެސް އިންޓަނެޓް ބޭނުން ކުރަމުންދާ ގިނަ އަދަދެއްގެ މިހުން މީސްމީޑިއާގައި އެކި ފާޑުގެ ކޮމެޓްތަކުން ހަމަލާ ރައްދުކުރަމުން ގޮސްފައިވެއެވެ. ބައެއް މީހުން ނެހާ އާއި ބާރްތީ ސިންގް އެއްފަދަކޮށް ކޮމެޓްތަކުން ބުނަމުން ގޮސްފައިވެއެވެ..

ކިޔުންތެރިންގެ ހިޔާލު