1990ގެ އަހަރުތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ބޮލީވުޑުގެ ބަތަލާ ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ އޭނާ ވިއްކާލަން އުޅުނު ކަމަށް ބުނެ އެ ވާހަކަތައް ހިއްސާ ކޮށްފިއެވެ.

ކާމިޔާބު އެތައް ފިލުމެއްގައި މަސައްކަތްކޮށް ކެރިއަގެ އެންމެ މުހިންމު ދުވަސްވަރު ކަރިޝްމާ ވަނީ ކައިވެނި ކޮށްފައެވެ.

2003 ވަނަ އަހަރު އަބީޝެކް އާއި ގުޅުން ކަނޑާލުމަށް ފަހު ކަރިޝްމާ ކައިވެނި ކުރީ އިންޑިޔާގެ ވިޔަފާރި ވެރިއަކާއެވެ.

މިއީ ސަންޖޭ ކަޕޫރުގެ ދެވަނަ ކައިވެންޏެވެ. ކަރިޝްމާއާއި ސަންޖޭ ލޯބިން ކައިވެނި ކުރި ނަމަވެސް ސަންޖެއާއި އޭނާގެ މަންމަގެ ފަރާތުން ވަރަށް އަނިޔާ ލިބުނު ކަމަށް ކަރިޝްމާ ބުނެފައިވެއެވެ.

ކުރީގެ ކައިވެނިން ކުރެވުނު އެންމެ ހިތި ތަޖުރިބާ އަކީ ކޮބައިތޯ ސުވާލު ކުރުމުން ކަރިޝްމާ ބުނެފައިވަނީ އެއީ ހަނީމޫންގައި ހިނގާ ދިޔަ ހާދިސާއެއް ކަމަށެވެ.

ހަނީމޫންގައި ސަންޖޭގެ ރަހުމަތްތެރިއަކާއި ގުޅުން ހިންގަން މަޖުބޫރު ކުރުވި ކަމަށް ކަރިސްމާ ބުންޏެވެ. އަދި އެކަމަށް އޭނާ އިންކާރު ކުރުމުން އަނިޔާ ކުރި ކަމަށް ވެސް ކަރިޝްމާ ބުނެފައިވެއެވެ.

ކަރިޝްމާ ބުނީ އޭނާ އާއި ކައިވެނި ކުރުމަށް ފަހު ވެސް ސަންޖޭގެ ކުރީގެ އަންހެނުންނާއި ގުޅުން ހިންގާ ކަމަށާއި އެކަމާއި ސުވާލު ކުރުމުން އަނިޔާ ކުރި ކަމަށެވެ.

އަދި ބަނޑުބޮޑުވުމުން ވެސް މައިދާތައާއި ސަންޖޭގެ ފަރާތުން އެތައް އަނިޔާއެއް ލިބުނު ކަމަށް ވެސް އިންޓަވިއުގައި ކަރިޝްމާ ބުނެފައިވެއެވެ.

މި އަނިޔާ ތަކަށް ކެތް ނުކުރެވިގެން 2012 ވަނަ އަހަރު ވަރިވާން ކަރިޝްމާ މަސައްކަތް ކުރިއެވެ. ސަންޖޭ އާއި ކަރިޝްމާ ވެރިވެފައިވަނީ 2016 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އާދޭ އަހަރެން ގާތައް ދުވަހަކުވެސް އެހެނެއް ނަހަދާނަން ، އެކަމް އަޑު އެހިން ވަގުތު ކުދިން ބުނި ކަރިޝްމާއައް ކަމުދަނީ އިސްޕެކެޓީއޭ.

    14
    3