ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ ކޯޝަލްގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ކެޓްރީނާ އާއި ކައިވެނި ކުރުމަށް ފަހު މާގިނަ ދުވަސް ތަކެއް ނުވަނީސް ވިކީ ވަނީ އޭނާގެ ފިލުމީ މަސައްކަތްތައް ފަށާފައެވެ.

އެގޮތުން ސާރާ ޢަލީ ޚާނާއި އެކު ވިކީ މިހާރު ދަނީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ވިކީ އާ ގުޅޭގޮތުން ހުށަހެޅި މައްސަލައަކީ އެ ފިލުމުގައި ބޭނުން ކުރާ ސައިކަލްގެ ފޭކް ނަމްބަރަކީ މީހެއްގެ ސައިކަލްގެ ނަންބަރަކަށް ވުމެވެ.

މި ނަންބަރުގެ ވެރި ފަރާތުން ވަނީ އޭނާގެ ހުއްދަ ނެތި އެ ނަންބަރު ބޭނުން ކުރާ ކަމަށް ބުނެ ވިކީ އާއި ދެކޮޅަށް މައްސަލައެއް ފުލުހަށް ހުށަހަޅާފައެވެ.

މި މީހާ ފުލުހަށް ހުށަހެޅި މައްސަލާގައި ވަނީ އޭނާގެ ހުއްދަ ނެތި އެ ނަންބަރު ބޭނުން ކުރާ ކަމާއި އެގޮތަށް އެ ނަންބަރު ބޭނުން ނުކުރެވޭނެ ކަމަށެވެ.

"މި ފިލުމުގައި ބޭނުން ކޮށްފައިވާ ވެހިކަލް ނަމްބަރަކީ އަހަރެންގެ ނަންބަރު. ހީވަނީ ފިލުމުގެ ޓީމަށް އެކަން ނޭނގޭހެން. މިއީ ގާނޫނާ ހިލާފު ކަމެއް. އަހަރެންގެ ހުއްދަ ނެތި އަހަރެންގެ ނަންބަރު ބޭނުމެއް ނުކުރެވޭނެ. އަހަރެން މި މައްސަލަ ފުލުހަށް ހުށަހަޅާއިފިން" ނަންބަރުގެ ވެރި ފަރާތް ކަމުގައިވާ ޖެއި ސިންގް ޔާދަވް ބުނެފައިވެއެވެ.

ޖެއި ސިންގް ޔާދަވް މި މައްސަލަ ހުށަހަޅާފައި ވަނީ ފިލުމު ސެޓުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވިކީ އާއްމު ކުރުމުންނެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ . ޖ . އ

    އެޓެންޝަން ސީކަރ