ބޮލީވުޑުގެ ސްޕަރ ސްޓާރ ސަލްމާން ޚާންގެ އަތުގައި އަބަދުވެސް ކެވެލި ފަށެއް އޮވެއެވެ. ނޫކުލައިގެ ސްޓޯން އެއް ޖަހާފައިވާ ރިހި ކުލައިގެ މި ކެވެއްޔަކީ އަބަދުވެސް ސަލްމާންގެ އަތުގައި އަޅާފައިވާ އެއްޗެކެވެ. ގިނަ ފިލުމު ތަކުގައި ވެސް ސަލްމާންގެ އަތުގައި މި ކެވެލި އަޅާފައި ވެއެވެ.

ސަލްމާން ލޯބި ކުރާ މި ކެވެއްޔަކީ އޭނާގެ ބައްޕަ ސަލީމް ޚާން ދީފައިވާ ހަދިޔާ އެކެވެ.

ކުރިން ސަލްމާން ދީފައިވާ އިންޓަވިއުއެއްގައި މި ކެވެލީގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ވަނީ އެ ސިއްރު ބުނެދީފައެވެ.

އޭނާ ބުނީ، ބައްޕަ އަތުގައި މީގެ ކެވެއްޔެއް އޮންނަ ކަމަށާއި ކުޑައިރު އޭނާ އާއި ވަރަށް ގިނައިން ކުޅެ ހަދާ ކަމަށެވެ.

އަދި ފިލުމީ މަސައްކަތްތައް ފަށައިގަތުމުން ސަލްމާނަށް ވެސް މީގެ ކެވެއްޔެއް ބައްޕަ ހަދިޔާ ކުރިއެވެ.

މި ކެވެލީގައިވާ ސްޓޯން އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއް ކަމުގައިވާ ސްޓޯން އެކެވެ. އެއީ ފިރޯޒާ ނަމަކަށް ކިޔާ ސްޓޯން އެކެވެ.

ސަލްމާނަށް ކުރިމަތިވާ ކަންތައްތައް ފުރަތަމަ ކުރިމަތިވާނީ މި ސްޓޯން އަށް ކަމަށް އޭނާ ގަބޫލު ކުރެއެވެ. ސަލްމާން މި ކެވެލި އަޅަނީ މިކަން ގަބޫލު ކުރުމުގެ ސަބަބުންނެވެ.

އަދި އޭގެ ހަތް ސްޓޯން އަށްވުރެ ގިނަ ސްޓޯން ހަލާކު ވެފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ސަލްމާންގެ މި ކެވެއްޔަކީ އޭނާ ނަކަލު ކުރާ ފަރާތްތަކުން ވެސް ބޭނުން ކުރާ އެއްޗެކެވެ. ނަމަވެސް އެ ފަރާތްތަކުން ބޭނުން ކުރަނީ އަސްލު ފިރޯޒާ ސްޓޯން ޖަހާފައިވާ ކެވެއްޔެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ޢެހެން މީހުންނައްވެސް ހަމަ އެލިބިދާނެ ވަގުތު މަިހުން ހީކިރީ އެންމެންަކީ ފަގީރު ބައެއްކަމައްތަ.

    14
    1
  2. Anonymous

    އެއީ އޭނާގެ "އަންހެންވަންތަކަމުގެ" ސަބަބުން. އަދި ތިމަންނާޔަށް ދިމާވާ ފުރަތަމަ ކަންތަކަކީ ތިމަންނާގެ އަތުގައި އަޅާފައިވާ ހިލަކޮޅަށް ދިމާވާނެ ކަމެކޭ އެ ބުނަނީ، ތިމާގެ ކިބައިގަވާ މޮޔަކަމާއި ކާފިރުކަން ނޫން ދެން ކޮން ކަމެއްގެ ސަބަބުން ހޭ؟